މެޓަލް ވޯރސް މޯލްޑިވްސް (އެމްޑަބްލިއުއެމް) އިން ރާއްޖޭގައި ހެވީ މެޓަލް މުބާރާތެއް ފަށައިފިއެވެ. މެޓަލް ވޯރސް މޯލްޑިވްސް އަކީ ރާއްޖޭގައި މެޓަލް ބޭންޑުތަކަށް ހިތްވަރުދީ އެފަރާތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތެކެވެ.

މެޓަލް ވޯރސް މޯލްޑިވްސް އިން ބުނީ މި މުބާރާތް ބާއްވަން ނިންމީ ދިވެހި ހެވީ މެޓަލްގެ އައު ލަވަތަކެއް ނެރުމުގެ މަގުސަދުގައި ކަމަށެވެ.

މެޓަލް ވޯރސް މޯލްޑިވްސް އިން ބުނެފައިވަނީ މި މުބާރާތުގެ ފުރަތަމަ “ބެޓަލް” މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ފުރަަތަމަ ބުރުގައި ބޭންޑުތައް އުފައްދައި ޑިޖިޓަލްކޮށް ލަވައެއް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި އޮންނާނެ ކަމަށެވެ. އެގޮތުން ހުށައަޅާ ލަވައަކީ އޮރިޖިނަލް ލަވައަކަށް ވާން ޖެހޭނެ ކަމަށް ވެސް މެޓަލް ވޯރސް އިން ބުނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހެވީ މެޓަލް މުބާރާތުގައި ޖުމްލަ 07 ބޭންޑަކުން ބައިވެރިވެފައި ވެއެވެ. ބައިވެރިވި ބޭންޑްތަކަކަކީ:

– ވޮއިޑް ސެންކްްޗުއަރީ
– ކްރިޕްޓިކް އެރާ
– ޒެސްޓާ ކޮންވިކްޝަން
– ޒެންނިއާ
– ދަ މޮނޮކްރޮމެސީ ޕްރޮޖެކްޓް
– ނޯޓޯރިއަސް
– ސީރިއަލް އެކްސްޕެރިމެންޓްސް

މި މުބާރާތް ކާމިޔާބުކުރާ ބޭންޑަކަށް 38،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވެއެވެ. މީގެ އިތުރުން ތިން މަސް ދުވަހަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ސްޓޫޑިއޯ އެއް ދިނުމާއި، ޕްރޮފެޝަނަލީ މެޓަލް ލަވަތައް ރެކޯޑް ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ލައިވް ޝޯވއެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މެޓަލް ވޯރސް މޯލްޑިވްސް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.