މަޝްހޫރު ނެށުންތެރިޔާ އަދި ރާއްޖޭގައި ހުރި ޕްރިޔަންކާ ގެ އެންމެ ބޮޑު ފޭން ސުނީތާ އަލީ، ޕްރިޔަންކާގެ ދައުވަތަކަށް ރޭ އިންޑިޔާ ގެ އާދިއްލީ އަށް ހިނގައްޖެ އެވެ. ސުނީތާ ވަނީ މުނިއަވަސް އަށް މިކަން ކަށަވަރު ކޮށްދީފަ އެވެ.

ސުނީތާ ފުރުމުގެ ކުރިން ބުނީ އާދިއްލީ އަށް ދަނީ ޕްރިޔަންކާ ގެ ފަރާތުން ލިބިފައިވާ ދައުވަތަކަށް ކަމަށާއި އެއީ ޕްރިޔަންކާ ބާއްވާ އިވެންޓަކަށް ކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިވެންޓެއްކަން އަދި ނޭނގޭ ކަމަށާއި އެކަން ފައިނަލް ކޮށް އެނގޭނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށްވެސް ސުނީތާ ބުންޏެވެ.

ޕްރިޔަންކާ ރާއްޖެއަށް ކުރި ދަތުރުގައި ސުނީތާ އާއި އެކުގައި

މީޑިއާ އަށް އަދި މިކަން ހާމަކުރަން ބޭނުން ނުވާތީ ސުނީތާ މި ދަތުރުގައި ފުރަން ތައްޔާރުވަމުން ދިޔައީ މާބޮޑަށް މިކަން މީހުންނަށް ނާންގަ އެވެ. ނަމަވެސް މުނިއަވަސް އަށް ވަރަށް މުއުތަބަރު ފަރާތަކުން މި މައުލޫމާތު ވަނީ އިއްޔެ މެންދުރު 1213 ގައި ޔަޤީންކޮށްދީފަ އެވެ. އެހެންކަމުން ސުނީތާ އަށް ގުޅާލުމުން މިއީ ތެދު ވާހަކައެއްކަމަށް ވަނީ ބުނެފައެވެ.

ސުނީތާ ފުރަން އެއަރޕޯޓްގައި ހުއްޓާ ސުނީތާ ެ ސަޕޯޓަރެއް ނަގާފައިވާ ފޮޓޯ އެއް ވަނީ މީސްމީޑިއާ އިން ފެނިފައެވެ. އެ ފޮޓޯގައި ވަނީ ސުނީތާާ އަށް ބާއްޖަވެރި ދަތުރަކަށް އެދޭކަމަށް ބުނެ ސުނީތާ އަށް ޓެގް ކޮށްފަ އެވެ.

ސުނީތާ ގެ ސަޕޯޓަރެއް، ސުނީތާ ފުރުމުގގެ ކުރިން ނަގާފައިވާ ސެލްފިއެއް

ފިލްމީ ބައެއް ފަންނާނުންނާއި އާއްމުންގެ ބައެއް ފަރާތްތަކުން ސުނީތާ ޕްރިޔަންކާ އަށް ސަޕޯޓްކޮށް އޭނާ ހެދުން އަޅާގޮތަށް ހެދުން އަޅައި އުޅޭތީ ކިތަންމެ މަލާމާތެއް ކުރި ނަމަވެސް ދެގޮތެއް ނުވެ ސުނީތާ ސާބިތުކޮށްދެމުން އަންނަނީ ސުނީތާ އަކީ ޕްރިޔަންކާގެ ރިޔަލް ފޭން އެއް ކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސުނީތާ އަށް ވަނީ ޕްރިޔަންކާ އާއި ބައްދަލުވެ ގާތް ރަހުމަތްތެރިކަން ޤާއިމު ކުރެވިފައެވެ.

ބޮލީވުޑްގެ މަޝްޙޫރު ތަރި ޕްރިޔަންކާ ޗޯޕްރާގެ އެންމެ ބޮޑު ދިވެހި ފޭންގެ ގޮތުގައި މަޝްޙޫރުވެފައިވާ ދިވެހި ނެށުންތެރިޔާ ސުނީތާ އަލީ އާއި ޕްރިޔަންކާ އާއި އެއްމެ ކުރިން ދިމާވެފައިވަނީ 2014 ވަނަ އަހަރު އިންޑިއާގެ މުމްބާއީ އިންނެވެ. މި ބައްދަލުވުމުގެ ފޮޓޯތަކާއި އެކު ސުނީތާ އާއި ޓީމް ޕްރިޔަންކާއިން ވެސް ވަނީ މި ވާހަކަ ޓްވިޓަރ ގައި ލިޔެފައެވެ. 

އޭގެ ފަހުން ޕްރިޔަންކާ ރާއްޖެ އަށް ކުރި ދަތުރުގައި އެތައް ބައެއްގެ ކުރިމަތީގައި ސުނީތާ އަށް ވަނީ ޕްރިޔަންކާ އާއި ބައްދަލުކޮށް ވަގުތުކޮޅެއް ހޭދަކުރެވިފައެވެ. ސުނީތާ ވަނީ ޕްރިޔަންކާ އަށް އެތަކެއް ޓްރިބިއުޓް ތަކެއްވެސް ދީފަ އެވެ. ސުނީތާ ގެ އުފަންދުވަހުގެ ތަހުނިޔާ ޕްރިޔަންކާވެސް އަންނަނީ ކުރަމުންނެވެ.

އިންޑިޔާ ގެ އާދިއްލީ އަށް ސުނީތާ ކުރާ ދަތުރުގެ އިތުރު ތަފުސީލުތައް ފަހުން މީޑިއާ އާއި ހިއްސާކުރާނެ ކަމަށްވެސް ސުނީތާ ވަނީ ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.