ނިއު މެކްސިކޯގެ އަންހެން ވޭޓަރަކަށް ޓިޕްސްގެ ގޮތުގައި 1200 ޑޮލަރު ލިބުމުން އެކަން ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.

މިއީ އަލަށް ފަށައިގެން އުޅޭ އޮންލައިން ޗެލެންޖެކެވެ. “ދަ ވެންމޯ ޗެލެންޖް”ގެ ނަމުގައި ކުރިއަށް ގެންދާ މި ޗެލެންޖަކީ މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ ފޮލޯވަރުންގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ ފައިސާގެ އެހީއެއް ޖަމާކޮށް، ގުރުއަތުން ހޮވޭ މީހަކަށް އެހީވުމަށް ހިންގާ ޗެލެންޖެކެވެ. މި ޗެލެންޖްގެ ދަށުން އެއްކުރި ފައިސާ ދެނީ ގުރުއަތުން ހޮވޭ ފަރާތަކަށެވެ.

“އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން.” މީޑިއާ އަކަށް މަޢުލޫމާތު ދެމުން ވެއިޓްރެސް އޯޑްރީ ޕިޗާކޯ ބުންޏެވެ. “އަހަރެންގެ މުޖުތަމަޢު ދެކެ އަހަރެން ވަރަށް ލޯބިވަން. މިފަދަ އެއްޗެއް އަހަންނަށް ލިބެން ގުރުއަތުން ހޮވިދާނެ ކަމަށް އަހަރެން ހީވެސް ނުކުރަން.”

ޕިޗާކޯއަށް މި ފައިސާ ހޯދައިދިނުމުގެ ކަންކަން އިންތިޒާމުކުރީ ކްރިސްޓީ ގޭޓްޒް އާއި ޖެނީ ނޯލިން އެވެ. މިއީ އެ ދެމީހުން ވެންމޯ ޗެލެންޖް ރޭވި ދެވަނަ ފަހަރެވެ. މިފަދަ ފުރަތަމަ ހަރަކާތެއް އެމީހުން އެންމެ ފުރަތަމަ ރޭވީ ނިމިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެފަހަރުވެސް ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ވެއިޓަރަކަށް 370 އެމެރިކާ ޑޮލަރު ދީފައި ވެއެވެ.

“އަހަރުމެން ބޭނުންވަނީ މުޖުތަމަޢުގައި އުއްމީދުގެ ހުޅުކޮޅު ދިއްލައިލާ ފަތުރާލަން.” ނޯލިން ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.