“ކާނާގެ ޔަޤީންކަން” ކަށަވަރުކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި “އާބަން ގާޑެނިން” މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައި މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ “ވަން އާރތު އެކަޑަމީ” ޕްރޮގްރާމާއި ގުޅުވާލައިގެންނެވެ. “ވަން އާރތު އެކަޑަމީ” ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފުސުގެ ފުދުންތެރިކަމާއި (“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާބަން ގާޑެނިންގ މޮޑެލް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ.
ސޮއި ކުރުމަށް އިއްޔެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ބިންތައް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ސިޓީތަކުގައި ލިބެންހުރި ކުދިކުދި ތަންކޮޅުތަކުގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން މިނިސްޓަރ ޒަޙާ ވަޙީދު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސުފުރާތަކާއި ހަމަޔަށް ގެނެސްދޭ ކާބޯތަކެތި އުފައްދަން އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސްކޫލް ކުދިން އަހުލުވެރިވުމުގެ މުހިންމުކަންވެސް ފާހަގަ ކުރެއްވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު