ކެންސަރު ބަލި ޖެހިފައިވާ އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކަށް އިނގިރޭސި ވިލާތުގެ ހޮސްޕިޓަލު ޑޮކްޓަރުން ޚާއްޞަ ބެލޭ ޑާންސެެއް ހުށައަޅައިދީފިއެވެ.

ވޯރސެސްޓާޝަޔާ ރޯޔަލް ހޮސްޕިޓަލު ޑޮކްޓަރުންގެ ހުށައެޅުން ފެނި، ބެލޭ ޑާންސަށް ލޯބިކުރާ އިސޮބެލް (އިޒީ) ފްލެޗަރ އުފަލުން ފޮޅުނެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން މި ނެށުން ހުށައެޅީ އިޒީ އުފާކޮށްދިނުމަށެވެ.

އިޒީ އޮތް ކޮޓަރިއަށް ޑޮކްޓަރ ބޭލޯން ކަމަލަރާޖަން އާއި އެމާ މައުންޑަރ ވަނީ ކުލަގަދަ ހެދުންތަކެއް އަޅައިގެން ފައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެންނެވެ. ކޮޓަރިއަށް ވަނުމާއެކު ބެލޭ ޑާންސްކުރަން ފެށިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.