“ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ” އަކީ ހަމަ ކޮންމެ ދިވެއްސެއްގެ ދުލުންވެސް ކިޔެމުން އަންނަ ޝުކުރުގެ ތަރާނާއެކެވެ. 03 ނޮވެމްބަރު 1988 ވީ ބުރާސްފަތި ދުވަހު، ދިވެހި ޚާއިނުންގެ ބަޔަކު، ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ޖަމާޢަތަކާއެކު ރާއްޖެ އަށް ހަމަލާދީ ރާއްޖެ ހިފުމަށް ދިން ޢުދުވާނަށް ނަސްރު ލިބުނު ދުވަަހަކީ އެ ދުވަހެވެ.
“ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ” ގެ ކަވަރ އެއް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮނަރަބަލް މަހްލޫފް އަޙްމަދާއި އޭނާގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ)ގެ އަޑުން ކިޔައި ބެލުންތެރިންނާ ހަމައަށް މި އަހަރުގެ ނަސްރުގެ ދުވަހު ގެނެސްދެއްވާނެކަން މި ވަނީ ހާމަކުރައްވާފައެވެ.
“ކިޔާ ދޫތަކުން” ކަވަރގެ ޓްރެއިލާ ހިއްސާ ކުރައްވަމުން މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ މި ލަވަޔަކީ އޭނާ އާއި މަހުލޫފްގެ ދަރިފުޅު އެލީއަށް ވަރަށް ކަމުދާ ލަވައެއް ކަމަށެވެ.
Elly liked “Kiyaa dhoothakun” so much that @AhmedMahloof and Elly decided to sing a cover.
Here’s a trailer of the song to be released on Victory Day.
Thanks to @ibrahimzaid_a for music, Nuha, Bugxy & Kokko for the choreography & Theyra for being part of this. ❤️ pic.twitter.com/cRdP7VnwkB— Nazu Naseem (@Nazunaseem) October 30, 2020
“މުނިއަވަސް” އަށް މަހްލޫފް ވިދާޅުވީ ޤައުމީ ލަވައެއް ކިޔަން އެލީ ބޭނުންވެގެން އުޅުމުން އެކިއެކި ލަވަތައް ބަލަމުން ގޮސް އެލީއަށް މި ލަވަ ވަރަށް ރީތިވި ކަމަށާއި އޭގެ ފަހުން ގޭތެރޭގައި ވެސް އެ ލަވަ ކިޔާ ކަރޯކޭ ވެސް ހަދާ އުޅުނުކަމަށެވެ.
“….. ދެން އެހިސާބުން އަޅުގަނޑުމެން ހިތަށް އެރީ ނޮވެމްބަރު ތިނެއް ވެސް އަންނާތީއާ އެކީގަ ވެއްޖޭ މިކަން ކޮށްލަން. ދެން އެހެންވެ އަޅުގަނޑާ އެލީއާ މި ލަވަ ކިޔަން ނިންމީ…..”
“ކިޔާ ދޫތަކުން” ކަވަރގެ ރެކޯޑިންއާ އެހެނިހެން ކަންކަން ކޮށްދީފައި ވަނީ ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ އިން އިބްރާހިމް ޒައިދު (ކުޑަ އިއްބެ) އެވެ. މީގެ އިތުރުން މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ މަސައްކަތްވެސް ހިމެނޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. ކޮރިއޮގްރަފީގައި އެލީގެ ޑާންސް ޓީޗަރ ނުހާ އާއި ބަކްސީގެ އިތުރުން ކޮއްކޮ ހިމެނޭކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.
އެލީ އަކީ އުމުރުން ދެ އަހަރުން ފެށިގެން ވަރަށް ބޮޑަށް ލަވަ ކިޔުމުގައި ހަރަކާތްތެރިވާ ކުއްޖެކެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މިނިސްޓަރ މަހްލޫފަކީ ވެސް ލަވަކިޔުމަށް ނުހަނު ޝައުޤުވެރިވެލައްވާ، ބައެއް ޝޯވ ތަކުގައި ވެސް ލަވަ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
“އަޅުގަނޑުމެން ކަރޯކޭ ހަދާއިރުވެސް މައިކް އަތުލައިގެން، ކިޔަން ނޭނގޭ އިރުގަވެސް ލިރިކްސްް އަރަމުން ދާއިރުގަވެސް ލަވަ ކިޔަން ޓްރައިކޮށް ހަދާނެ.” މަހުލޫފް އިތުރަށް ވިދާޅުވީ މިހާރުވެސް ކަމާ ކަންފަށާ ލަވަކިޔުމައިގެން އެލީ ނޫޅޭ ކަމަށާއި ޝައުޢު ހުންނަ ވަގުތެއްގައި ވިއްޔާ ލަވަކިޔާ ކަމަށެވެ.
މަހްލޫފާއި އެލީ އަދި އޭނާގެ އާއިލާއާއި ލަވަ އުފެއްދުމުގެ ޓެކްނިކަލް މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އުއްމީދަކީ ބެލުންތެރިންނަށް މި ލަވަ ކަމުދާނެ ކަމަށެވެ.
މަހްލޫފްގެ ލަވައެއް އާއްމުންނާ ހަމައަށް މީގެ ކުރިން ފެނިފައިވަނީ ‘ދި ޓީވީން؛ ބޭއްވި ‘ތަރިންގެރޭ’ އާއި ޓީވީއެމް އިން ބޭއްވި ‘އެހަނދާނުގާ’ ފަަދަ ޝޯތަކުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!