ނ. އަތޮޅު ސޮނެވާ ޖާނީ ރިޒޯޓުން ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކިއެކި ދާއިރާތަކުން 85 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށް އެ ރިޒޯޓުން ބުނެއެވެ.

ސޮނެވާ ޖާނީގެ ދެވަނަ ފިޔަވަހި ފުޅާކުރުމުގެ ގޮތުން ހުޅުވާލާފައިވާ ވަޒީފާގެ ފުރުޞަތުތަކުގެ ތެރޭގައި:-

– ހައުސްކީޕިންގ އަށް 18 މަގާމު
– ބަޓްލަރ ރޯލަށް އަށް 16 މަގާމު
– ވޯޓަރ ސްޕޯޓްސް ޑިޕާޓްމަންޓަށް 02 މަގާމު
– 02 ބޯޓް ކްރޫން
– ލައިފް ޓީމަށް 06 މަގާމު
– 01 ރިޒަވޭޝަން އޭޖެންޓް
– 02 ގިފްޓް ޝޮޕް އެސިސްޓެންޓުން
– 02 އެއަރޕޯޓް ހޯސްޓުން
– އެސިސްޓެންޓް އެފް އެންޑް ބީ މެނޭޖަރެއް
– އެފް އެންޑް ބީ ޓީމަށް އިތުރު 08 މަގާމު
– 03 ޑެސްޓިނޭޝަން މެނޭޖަރުން
– އިންޖިނިއަރިން ޓީމަށް 10 މަގާމު
– ކިޗަން ޓީމަށް 14 މަގާމު

މި މަގާމުތަކަށް ކޮންމެ ގައުމެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި ދިވެހިންނަށް ބޮޑަށް އިސްކަންދެވޭނެ ކަމަށް ސޮނެވާ ޖާނީން ބުނެއެވެ.

ސޮނެވޭ ގްރޫޕުގެ ވެރިޔާ، ސޯނޫ ސިވްދާސަން ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމަށް ވެސް ނުތަނަވަސް ވަގުތެއް ކަމަށާ، ނަމަވެސް 100 އެއްހާ ވަޒީފާ އަށް މީހުން ހޯދަން ފުރުސަތު ހުޅުވައިލެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ސޮނޭވާ ކުންފުނިން ބުނި ގޮތުގައި އެ ރިސޯޓަކީ މުވައްޒަފުންނަށް ހާއްސަކޮށް ހިދުމަތްތަކާއި ރައްކާތެރިކަމުގެ މާހައުލެއް ލިބޭނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ސޮނޭވާ ފުށީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ އަދަދު 30 ޕަސެންޓަށް އިތުރު ކުރުން ކަމަށާ އަންނަ އަހަރު އެ ރިސޯޓުގެ އަންހެން މުވައްޒަފުންގެ އަދަދު 20 ޕަސެންޓަށް އިތުރު ވާނެ ކަމަށްވެސް ބުނެއެވެ.

މިހާރުވެސް އެ ކުންފުނީގެ ސޮނޭވާ ޖާނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 25 ޕަސެންޓަކީ އަންހެނުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.