އެކްޓަރ އަދި ޑައިރެކްޓް ޢަލީ ސީޒަން އަކީ އަބަދުވެސް ތަފާތު ޕްރޮޑަކްޝަންތައް އުފެއްދުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ސޮނީ ޓީވީން ދެއްކި ‘ސީއައިޑީ’ ސްޓައިލްގެ ކުރު ފިލްމެއް ރާއްޖޭގައި އެންމެ ފުރަތަމަ ތައްޔާރުކުރި ފަންނާނަކީ ސީޒަންއެވެ. އޭގެ ފަހުން “ވަޠަން”ގެ ނަމުގައި އުފެއްދި ކުރު ފިލްމަކީވެސް އޭނާގެ ތަފާތު މަސައްކަތެކެވެ. އެ ލިސްޓަށް ‘އަހުޝަމް’ ފަދަ ފީޗާ ފިލްމުތައް ވެސް އިތުރުކޮށްލެވިދާނެއެވެ. ފީޗާ ފިލްމުގެ އިތުރުން، ތަފާތު ސްޓައިލެއްގައި ޑޮކިއުމެންޓްރީ އުފެއްދުމަކީ ސީޒަން ކުރަމުން އަންނަ މަސައްކަތެކެވެ.

ރަށްރަށަށާއި ބައެއް ޤައުމުތަކަށް ޒިޔާރަތްކޮށް އެ ތަންތަނާ ބެހޭ “ދަތުރުނާމާ” ޑޮކިއުމެންޓްރީ ހެދުމަކީ ވެސް ސީޒަން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އިންޑިއާގެ ދެކުނުން ދިވެހިންނަށް އެހާ އާއްމުކޮށް ނުފެންނަ ސަރަހައްދަކުން ފަށާ ދިގު ދަތުރެއް، “މައި ރޯޑް ޓްރިޕް”ގެ ނަމުގައި ސީޒަން މިވަނީ ގެނެސްދީފައެވެ. ރާއްޖެ ޓީވީން “މައި ރޯޑް ޓްރިޕް”ގެ ސީޒަން 1ގެ ފަސް އެޕިސޯޑް ވަނީ ދައްކާފައެވެ.

ސީޒަން 1 ގެ ފުރަތަމަ އެޕިސޯޑުން ފެށިގެން، ބެލުންތެރިންނަށް އައިޖީޓީވީގައި ސީޒަން ގެނެސްދޭން ފަށާފައިވާ މި ދަތުރަކީ އިންޑިޔާގެ ދެކުނުން ޓްޓިވެންޑްރަމްގެ ބޯޑަރުން ފަށާ ދަތުރެކެވެ. އެތަކެއް މަންޒިލްތަކަކަށް 11 ދުވަހުން ސީޒަން ކޮށްފައިވާ މި ދަތުރުގައި 3800 ކިލޯމީޓަރު ރާސްތާއަކަށް ދަތުރުކުރިއެވެ.

ސީޒަންގެ “މައި ރޯޑް ޓްރިޕް” ދަތުރުނާމާ

“މައި ރޯޑް ޓްރިޕް” ދަތުރުނާމާގައި ފެނިގެންދަނީ ސީޒަން ކުރާ ދަތުރެއް ގޯޕްރޯއެއްގެ އެހީގައި އަމިއްލައަށް ވީޑިއޯކޮށް، ހުށައަޅާ މަންޒަރުތަކެކެވެ. ސީޒަންގެ މި ޝައުޤުވެރި ދަތުރުގައި ބައިވެރިވުމަށް seaxanali ގެ އިންސްޓަގްރާމް ޓީވީގައި ހިއްސާކޮށްފައިވާ ލިންކަށް ފިއްތައިލަމާ ހިނގާށެވެ. ހަމަ ގައިމުވެސް ފޫހިކަމެއް ނެތި، ޓަމިލްނާޑޫ ބޭރުން، ކޮއިންޕަތޫރަށް ސީޒަން އާއެކު “މައި ރޯޑް ޓްރިޕް”ގެ ސީޒަން 1ގެ ފުރަތަމަ އެޕިސޯޑުން ދަތުރުކޮށްލެވޭނެއެވެ.

 

View this post on Instagram

 

A post shared by seaxanali (@seaxanali) on

މުނިއަވަސް އަށް ސީޒަން ބުނީ، މި ދަތުރުގެ އިތުރު އެޕިސޯޑްތަކާއި އިތުރު ސީޒަންތައް ވެސް ކުރިއަށް އެބަހުރި ކަމަށެވެ. ސީޒަންގެ އައިޖީޓީވީން ކުރިއަށް ހުރި އެޕިސޯޑްތައް ބަލަން އިންތިޒާރުގައި ތިބެމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.