ކައިވެނީގެ މަހެފިލަށް ދެވުމާއެކު ހީވީ މީލާދީ ސަނަތުން 1400 ގެ އަހަރުތަކަށް ވަދެވުނު ހެންނެވެ. ކުރިން ދެކެފައި ނުވިޔަސް، ދިވެހި ތާރީޚީ ފަތްފުށްތަކާއި ބައެއް ކިތާބީ ހެކިތައް ފެނިފައި ހުރުމުން އެ ޒަމާން ސިފަވެގެން ނުދާ ވަރެއް ނޫނެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ކައިވެނި ހަފުލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މިފަދަ ރަސްރަނި ކައިވެނިކަމަށް ވެސް ވެދާނެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ދިވެހި ސަޤާފަތް ދައްކުވައިދޭ ކައިވެނީގެ ހަފުލާތައް ބާއްވަމުން ގެންދެއެވެ. ދިވެހި ލިބާހާއި ދިގުހެދުމާއި ހުދު ގަމީހާ ފޭލީގައި ކައިވެނި ހަފުލާތައް ބާއްވަމުން ދިޔަ ނަމަވެސް އަފުރާހު އާއި ފާއިދާގެ ކައިވެނި ހަފުލާ ބާއްވާފައި މިވަނީ ވަރަށްވެސް ތާރީޚީ ގޮތަކަށެވެ.
ދެ ފަރާތުގެ އާއިލާގެ ފުރިހަމަ އެއްބާރުލުމާއި ރައްޓެހިންގެ ފުރިހަމައެހީތެެރިކަން ލިބިގެން، އައްސުލްތާން މުހައްމަދު ސަމްސުއްދީން ތިނެއްގެ ޒަމާނުގައި އެ ރަދުން ތުރުކުރައްވާ ހެދުންކޮޅާއި އެއްގޮތަށް ކައިވެނީގެ ހަފުލާގައި އަފުރާހު ފެންނައިރު އޭނާގެ ބޮލުގައި ފަގުޑިއެއް އަޅާފައި އޮވެއެވެ. ފެންނަފެނުމަށް ހަމަ ރަސްކަލެކޭ އެއްފަދަ އެވެ. ހަމަ އެހެންމެ ކައިވެނީގެ ހަފުލާގައި އަންހެން ކުއްޖާ އިހުގެ ކަސަބު ބޯވަޅު އެޅި ރަތްލިބާސް ލާފައި ހުންނައިރު އިހުގެ ރަނިކަނބަލުން ތިއްބަވާ ގޮތް ހަނދާނަށް އާދެއެވެ.
މި ކައިވެނި ހަފުލާގައި ރަނިކަމަނާއަށް ރަން ހަވާލުކުރުމަށް ބެރުދުންމާރި ތާޅަފިލީގައި ރަސްގެފާނު ހަތްކޮޅު ދަށުގައިހުންނަވައިގެން ވަޑައިގަންނަވާ މަންޒަރު ވަރަށް ރީތިކޮށް ސިފަވެގެން ދިޔައެވެ. އޭރު ރަނިކަމަނާ އިންނެވީ ހުޅުމާލޭ ގޮނޑުދޮށް ފަރާތުގައި ހުރި އަދަރާދު ގޮޑިއެއްގައި އިށީދެލައިގެންނެވެ. ކައިރީގައި ދެ އަންހެން ކުދިން އަތު ފަންކާ ހިފައިގެން ވިހެދޭން ތިބެއެވެ. ރަސްގެފާނު ވަޑައިގެން ރަނިކަމަނާއަށް ރަން ހަވާލުކުރެއެވެ. ރަން ފޮށި ހަދާފައިވަނީ އިހުގެ އަޑަފިކޮޅު އަޅާ ފޮށްޓެއްގައެވެ.
ރަސްރަނި ކައިވެނި ފޮޓޯ އަލްބަމް – ޝައްމޫން ޒާހިރު ފޮޓޯގްރަފީ












ރަން ހަވާލުކުރުމަށްފަހު ދެ ކަނބަލުން ކައިވެނި ސައިފޮދު ތައްޔާރު ކޮށްފައިވާ މާލަމަށް ވަދެއެވެ. އެތަނުގެ ފަންމަންޒަރު ތައްޔާރު ކޮށްފައިވަނީ އިހުގެ ފަން ޖިފުޑި ގެއެއްގެ ސިފައިގައެވެ. ގޭގެ ދޮރުމަތީގައި އުދޯލިކޮޅެއް އެލުވާފައި އޮވެއެވެ.
ކައިވެނި ހަފުލާއަށް ހާޒިރުވާ މެހެމާނުންނަށް ތައްޔާރުކޮށްފައިވާ ޚާއްޞަ އިހުގެ ބޮޑު މަލާފަތެއް ބަހައްޓާފައި ހުއްޓެވެ. މި މަލާފަތުގެ ތެރޭގައި އިހުގެ ތަފާތު ވައްތަރުގެ ހެދިކާތައް އަޅާފައި ހުއްޓެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި މި ކައިވެނި ހަފުލާއަކީ އިހުގެ ސަޤާފަތާއި އާދަކާދަތައް ދައްކުވައިދޭ ތާރީޚީ ކައިވެނި ހަފުލާއެކެވެ. އަސްލަށްވެސް މިއީ ހަމަ ރަސްރަނި ކައިވެންޏެކެވެ. އެހެންކަމުން މުނިއަވަސްގެ ނަމުގައި މި ކައިވެނި ކުރެވުނު ދެ ކަނބަލުންނަށް އުފާވެރި، ބާއްޖަވެރި ދިރިއުޅުމަކަށް އެދެމެވެ. ތިޔަ ދެކަނބަލުންގެ ކައިވެނީގައި ބަރަކާާތްލައްވާށިއެވެ.
ރަސްރަނި ކައިވެނި ފޮޓޯ އަލްބަމް – މުނިއަވަސް













ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
ވަރަށް ސަޅި
މަވެސް އަލުން ކައިވެނި ކުރާހިތް ވެއްޖެ. ތިކަހަލަ ސަޅި ތީމަކަށް ވެޑިން ޕާޓީ ބާއްވާނީ
ތީ ހަމަ ގައިމުވެސް ބަޔަކު ކުރި ވަރަށް ބުރަ މަސައްކަތެއް. ދެ ކަނބަލުންނަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން. ދަ ތީމް އިޒް އޯވްސަމް
ހަބޭސް ކައިވެންޏެއް. އޮބި ސެޓަޕް އެންޑް ކޮސްޓިއުމް
This is truly romantic and awesome
The pics are fantastic. Would be great if theres any video
އަޅޭ ދެކުދިން ލޯބިކަން
އިންޝާﷲ
އެކަމު ތީ ގަައިމުވެސް އަލަތު ކައިވެނި އެތް ނޫން
kureega meehun phone gengulheytha
ވަރައް ހިތްގައިމު😍