ޕާކިސްތާނުގެ ހިތްގައިމު ޑްރާާތަކުގެ ލިސްޓުގައި މިފަހަރު މި ގެނެސްދެނީ ދިވެހި މުޖުތަމަޢުއާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޕްލޮޓަކަށް ތައްޔާރުކޮށްފައިވާ ޑްރާމާ ސީރީޒެކެވެ.
ޕާކިސްތާނު ޑްރާމާ ސީރީޒްތަކުން އެންމެ ސަޅި 20 ޑްރާމާގެ ޗާޓުގައި “ކަންކަރް” (ގާގަނޑު) ހިމެނެނީ ހަތަރު ވަނައިގައެވެ.
“ކަންކަރް” ގައި ގެނެސްދެނީ ގެވެށި އަނިޔާގެ ވާހަކަތަކެކެވެ. ފަންތީގެ ތަފާތުކުރުމުގެ ވާހަކަތަކަކެވެ. ކިރަން (ސަނަމް ބަލޯޗް) އާއި ސިކަންދަރް (ފަހުދު މުސްޠަފާ) އަށް އެކަކު އަނެކަކު ދެކެ ލޯބިވެވެއެވެ. ދެމީހުން ކައިވެނި ކުރެއެވެ. ކިރަން ދެކެ ސިކަަންދަރް އިންތިހާއަށް ލޯބިވާކަމަށް އަބަދުވެސް ބުނަމުން ދެއެވެ. ނަމަވެސް އޭނާއަކީ ސިނގު ރުޅިގަނޑެއް ގެންގުޅޭ މީހެކެވެ. ދުލަށް އައިހާ އެއްޗެއް ކިރަން އާދިިމާއަށް ކިޔައިލައެވެ. އަތް އިސްކޮށް އަނިޔާވެސް ކުރެއެވެ.
ސިކަންދަރް އިސްލާހުކުރެވޭތޯ ކިރަން މަސައްކަތް ކުރެއެވެ. ނަަމަވެސް އެކަން ކާމިޔާބެއް ނުވެއެވެ. ސިކަންދަރު ކައިރިން ކިރަން ވަރިވަނީ ސިކަންދަރުގެ އަނިޔާގެ ސަބަބުން ކުރިމަތިވާ ބޮޑު ހިތާމައެއްގެ ސަބަބުންނެވެ.
މި ސީރީޒްގައި ކިރަން ގެ ކެރެކްޓަރ އަކީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނުންނަށް ރަނގަޅު ނަމޫނާއެއް ދައްކައިދޭ ކެރެކްޓަރއެކެވެ. ގެވެށި އަނިޔާގެ އަޑުއުފުލަން ނުކެރި ތިބި މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެފަދަ ޢަޒުމް ވަރުގަދަ ކެރެކްޓަރ އެއް، ވަރަށް މޮޅަށް ސަނަމް ބަލޯޗް ދައްކައިދީފައިވެއެވެ.
ސީރީޒް ބަލަމުންދާ ހިނދު، ހިތުގައި ޖެހި ކަރުނަ އަޅައި ރޮވޭނެ އެތަކެއް މަންޒަރެއް ފެނިގެންދާނެއެވެ. މިއީ ސީރީޒް ބަލައި ތަޖުރިބާކޮށްފައި ބުނާ ބުނުމެކެވެ.
އެޕިސޯޑް 01
އެޕިސޯޑް 02
އެޕިސޯޑް 03
އެޕިސޯޑް 04
އެޕިސޯޑް 05
އެޕިސޯޑް 06
އެޕިސޯޑް 07
އެޕިސޯޑް 08
އެޕިސޯޑް 09
އެޕިސޯޑް 10
އެޕިސޯޑް 11
އެޕިސޯޑް 12
އެޕިސޯޑް 13
އެޕިސޯޑް 14
އެޕިސޯޑް 15
އެޕިސޯޑް 16
އެޕިސޯޑް 17
އެޕިސޯޑް 18
އެޕިސޯޑް 19
އެޕިސޯޑް 20
އެޕިސޯޑް 21
އެޕިސޯޑް 22
އެޕިސޯޑް 23
އެޕިސޯޑް 24
އެޕިސޯޑް 25
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!