އެކުވެރި ދައުލަތްތަކުން ރާއްޖޭގައި ވާރޗުއަލް އާޓް ގެލެރީއެއް ތަރައްޤީކުރުމަށް ރާއްޖެއިން ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ހުޅުވާލައިފިއެވެ.
މިކަމަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ރާއްޖޭގެ އދ. ގޮފިން ކޮށްފައިވާ އިއުލާނެއްގައި ބުނެއެވެ.
މިކަމަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 18 ނޮވެމްބަރު 2020 ވަނަ ދުވަހުގެރޭ ނިއު ޔޯރކް ގަޑިން ދަންވަރު ބާރައިގެ ކުރިންނެވެ.
މިކަމުގެ އިތުރު މަޢުލޫމާތު ހޯދުމަށް ޔޫއެންޑީޕީ ވެބްސައިޓްގައި އާއްމުކޮށްފައިވާ ޕްރޮކިއުމެންޓް ނޯޓިސް ބެއްލެވުމަށް، އިއުލާނުގައި ބުނެފައިވެއެވެ.
ޕްރޮކިއުމެންޓް ނޯޓިސް މި ލިންކުން ބަލައިލެވޭނެއެވެ. ޕްރޮކިއުމެންޓް ނޯޓިސްގަައި ބުނެފައިވަނީ މިކަމަށް ބޭނުންވަނީ ރާއްޖެއަށް ނިސްބަތްވާ ކޮންސަލްޓެންސީ ފާރމެއް ކަމަށެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ވަކިން އީމެއިލް ކުރުމަށް ވެސް ޕްރޮކިއުމެންޓް ނޯޓިސްގައި ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު