މިއަދަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް ސްޓްރީމްކުރާ މަންސަ، “ބައިސްކޯފު” އަށް ދެ އަހަރު ފުރުނު ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ބައިސްކޯފުގެ ޓީމާއި ބައިސްކޯފަށް އުފެއްދުންތައް އުފައްދާ ފަންނާނުންނާއި ބެލުންތެރިންނަށް މުނިއަވަސް އިން މަރުޙަބާއާއި ދުވަހުގެ ތަހުނިޔާ ފޮނުވަމެވެ.

މުނިފޫހިފިލުވުމުގެ ހުރިހާ އުފެއްދުންތަކެއް އެއް ތަނަކުން ބަލައިލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕް “ބައިސްކޯފު” ތަޢާރަފުކުރެވުނީ 12 ނޮވެމްބަރު 2018 ގައެވެ.

“ބައިސްކޯފު”ގެ ހަޔާތުން ތިންވަނަ އަހަރަކަށް ކުރިމަތިލާފައި ވާއިރު، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ބައިސްކޯފަށް ލިބެމުން އަންނަކަން އެތަނުން ފާހަގަކުރެއެވެ. އެގޮތުން މިއުޒިކީ އަދި ފިލްމީ ފަންނާނުންގެ ސަޕޯޓާއެކު ބައިސްކޯފަށް ވަރަށް ގިނަ ތަފާތު ކޮންޓެންޓްތައް އިތުރުކުރެވެމުން އަންނަ ކަން ބައިސްކޯފުން ފާހަގަކުރެއެވެ.

”ބައިސްކޯފު“ އެޕަށް މާބޮޑު މާލީ މަންފާއެއް ނުލިބުނަސް، ފިލްމީ އަދި މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކޮށްދެމުން އަންނަ މަސައްކަތްތައް ދާއިރާގެ ފަންނާނުން ބަލައިގަންކަން ފާހަގަކޮށްލެވެއެވެ.

“ބައިސްކޯފު”ގެ މި ދަތުރުގައި މުނިއަވަސް އިން ބައިވެރިވެ އެތަނުގެ ކުރިއެރުމަށް މަސައްކަތްކުރަމުން މި ދަނީ ބައިސްކޯފުގެ އަމާޒާ މުނިއަވަސް ގެ އަމާޒާއި ހުރި ގާތް ގުޅުމުގެ ސަބަބުންކަން ފާހަގަކޮށްލަމުން، އަދިވެސް އެއްފަހަރު ދުވަހުގެ ތަހުނިޔާ އެ ކުންފުނީގެ ހުރިހައި ބޭފުޅުންނާއި ފަންނުވެރީންނަށް މުނިއަވަސް ޓީމުން ކިޔަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.