ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށް ބާއްވާ ‘ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ’ އަހަރުވެސް ވެސް ބޭއްވުމަށް ނިންމާފައިވާކަމަށް އެންސީއޭ އިން ބުނެފިއެވެ. މިފަހަރު ޝޯ ގެނެސްދެނީ މިއުޒިޝަނުންގެ ހުށަހެޅުންތައް ލައިވްކޮށް ވީޑިއޯ އަދި އޯޑިއޯ ރެކޯޑުކުރުމަށްފަހު ބްރޯޑުކާސްޓު އަދި އޮންލައިން ސްޓްރީމިން މެދުވެރިކޮށް ކަމުން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވެސް މިއަދު ވަނީ ހުޅުވާލާފައެވެ.
އެންސީއޭ އިން ގެޒެޓްގައި މިއަދު އާއްމުކުރި އިއުލާނެއްގައި ބުނީ އެހެން އަހަރުތަކާ ޚިލާފަށް 2020 ވަނަ އަރަހު ކޮވިޑް-19 އާއި ގުޅިގެން މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ގައިދުރުކުރުން މުހިންމުވެފައިވާތީ މިއަހަރު މި ޝޯ ގެނެސްދިނުމަށް ރާވާފައިވަނީ މިއުޒިޝަނުންގެ ހުށަހެޅުންތައް ލައިވްކޮށް ވީޑިއޯ އަދި އޯޑިއޯ ރެކޯޑުކުރުމަށްފަހު ބްރޯޑުކާސްޓު އަދި އޮންލައިން ސްޓްރީމިން މެދުވެރިކޮށް ކަމަށެވެ.
“ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.” އެންސީއޭގެ އިއުލާނުގައި ބުނެފައިވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް އެންސީއޭގެ އިއުލާނުގައި ވެއެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ އީދަކީ މިނިވަން ދުވަހާ ގުޅިގެން މާލޭގައި ކުރިއަށްގެންދާ އިވެންޓެކެވެ. އެކިއެކި ސަބަބުތަކާ ގުޅިގެން މި ހަރަކާތް ބޭއްވުން ހުއްޓާލާފައި އޮތުމަށްފަހު 2016 ވަނަ އަހަރުވެސް މި ހަރަކާތް ބޭއްވިއެވެ. ނަމަވެސް އޭގެ ފަހުން މި ހަރަކާތް ނުބާއްވައި ދިއުމަށްފަހު އަނެއްކާވެސް 2019 ވަނަ އަހަރު މި ޝޯވ ބޭއްވިއެވެ. އެ އަހަރު 13 ބޭންޑަކުން ހުށައެޅިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!