ސަލްމާން ޚާންގެ ހިޓް ފިލްމު “ބަޖްރަންގީ ބައިޖާން”ގައި ކޯ-ސްޓާރަކަށް އުޅުނު ތުއްތު ކުއްޖާ ހަރްޝާލީ މަލްހޯތުރާ އަކީ މިހާރު ފުރާފުރިހަމަވެފައި ހުރި ރީތި ޖިންސުއްލަތީފެކެވެ. އެ ފިލްމުގައި ކުޑަކުޑަ ‘މުންނީ’ގެ ރޯލުން ފެނިގެން ދިޔަ އެކްޓްރެސް މިހާރު ހުރި ގޮތުގެ ގިނަ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމުގައި ދާދިފަހުން ވަނީ ހިއްސާކޮށްފަައެވެ.
އުމުރުން އެންމެ 07 އަހަރުގައި ހަރްޝާލީ އެކްޓިންއަށް ނުކުތީ 2015 ގައި ކަބީރު ޚާން ޑައިރެކްޓްކޮށް އުފެއްދި “ބަޖްރަންގީ ބައިޖާން” އިންނެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ މަންމަ އާއެކު ޕާކިސްތާނުން އިންޑިއާއަށް ކުރި ދަތުރެއް މަގުމަތީގައި މަންމައާއި ވަކިވާން ޖެހި ބެހިގެން އުޅުނު ކުއްޖެއްގެ ރޯލެވެ. ހަރްޝާލީ ކުޅެފައިވާ ‘މުންނީ’ގެ ރޯލަކީ ވާހަކަ ނުދެއްކޭ ކުއްޖެއްގެ ރޯލެވެ. ފިލްމުގައި އޭނާގެ އެކްޓިންގެ މޮޅުކަމުގެ އިތުރުން މައުސޫމު އެ މޫނަކީވެސް އެއްމެންގެ ހިތް އަތުލި މޫނެކެވެ.




މަންމައާ ވަކިވެ ބެހިގެން އުޅެނިކޮށް މުންނީ އާ ދިމާވަނީ ސަލްމާން ޚާން އާއެވެ. އެ ހިސާބުން ސަލްމާންގެ ދިިރިއުޅުމުގެ މިޝަންއަކަށްވީ މުންނީގެ އާއިލާއާ ހަމަށް މުންނީ ވާސިލްކޮށްދިނުމެވެ.
“ބަޖްރަންގީ ބައިޖާން”ގައި މުންނީގެ ރޯލު ކުޅެގެން ހަރްޝާލީ އަށް އަލަށް ނުކުތް އެންމެ މޮޅު އަންހެން ބަޠަލާގެ އެވޯޑް ލިބުނެވެ. މި ފިލްމުގައި ހަރްޝާލީގެ އިތުރުން ސަލްމާން ޚާނާއެކު ނަވާޒުއްދީން ސިއްދީގީ، ކަރީނާ ކަޕޫރު އަދި މެހެރް ވިޖް ހަރަކާތްތެރިވިއެވެ.
އެ ފިލްމުގައި ހަރްޝާލީ ކުޅުނު މުންނީގެ ރޯލަށް 8000 ވަރަކަށް ކުދިން އޮޑިޝަން ހެދިކަމަށް ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗަބްރާ ބުންޏެވެ. އޭނާ ބުނީ އޭޭގެ ތެރެއިން ތިން ކުދިން ޝޯޓްލިސްޓް ކުރި ކަމަށާއި 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ ވޯރކްޝޮޕެއް ބޭއްވުމަށްފަހު އެ ރޯލު ހަރްޝާލީ އަށް ދިނުމަށް ނިންމީ ކަމަށެވެ.
ހަރްޝާލީ އަކީ ޓީވީ ޝޯވ ‘ގުބޫލް ހޭ’ އާއި ‘ލޯޓް އާއޯ ޓްރިޝާ’ގައި ވެސް ހަރަކާތްތެރިވި ޗައިލްޑް އާޓިސްޓެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
ސަލްމާން ޚާންގެ ހިޓް ފިލްމު ”ބަޖްރަންގީ ބައިޖާން“ގައި ކޯ-ސްޓާރަކަށް އުޅުނު ތުއްތު ކުއްޖާ ހަރްޝާލީ މަލްހޯތުރާ އަކީ މިހާރު ފުރާފުރިހަމަވެފައި ހުރި ރީތި ޖިންސުއްލަތީފެކެވެ. އެ ފިލްމުގައި ކުޑަކުޑަ ’މުންނީ’ގެ ރޯލުން ފެނިގެން ދިޔަ އެކްޓްރެސް މިހާރު ހުރި ގޮތުގެ ގިނަ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމުގައި ދާދިފަހުން ވަނީ ހިއްސާކޮށްފަައެވެ.އުމުރުން އެންމެ 07 އަހަރުގައި ހަރްޝާލީ އެކްޓިންއަށް ނުކުތީ 2015 ގައި ކަބީރު ޚާން ޑައިރެކްޓްކޮށް އުފެއްދި ”ބަޖްރަންގީ ބައިޖާން“ އިންނެވެ މިހާރު އެހެންވީމާ މީނާގެ އުމުރަކީ ކޮބާ ފުރާފުރިހަމަ ޖިންސުން ލަތީފަކަށް ނަންކިޔާ އުމުރަކީ ކޮބާ