އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ލޭކް ނޯނާގެ ސިޓީ ކައުންސިލުން ވަރަށް ޝައުޤުވެރި ކުރުވާ ޕްރޮޖެކްޓެއް ފަށައިފިއެވެ. އެ އަވަށުން މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފުރަތަމަ “އުދުހޭ ކާރު” ޓެކްސީ ހަބެއް ހެދުމަށެވެ.
ފްލޮރިޑާ ސްޓޭޓްގެ ލޭކް ނޯނާ އަވަށަކީ އެމެރިކާގައި ފަންނިއްޔާތާއި އެއްމެ ރައްޓެހި އަވަށެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި އާކިޓެކްޗަރާއި ‘ހައިޓެކް-ސިޓީ’ ޕްލޭނިންގ ބޭނުންކުރެއެވެ. އެގޮތުން މިހާރު، އެ އަވަށުގެ ކައުންސިލުން ވަނީ ވަރަށް ޝައުޤުވެރި ކުރުވާ ޕްރޮޖެކްޓެއް ފަށާފައެވެ. އެ އަވަށުން މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފުރަތަމަ “އުދުހޭ ކާރު” ތަކަށް ޓެކްސީ ހަބެއް ހެދުމަށެވެ.
“ވާރޓިޕޯޓް”ގެ ނަން ދީފައިވާ މި ޕްރޮޖެކްޓްގައި ބާރު އިސްޕީޑްގައި ދުއްވާ ‘އިލެކްޓްރިކް ވާރޓިކަލް ޓޭކްއޯފް އެންޑް ލޭންޑިން’ (eVTOL) މަތިންދާބޯޓް ހިމެނޭ ފުރަތަމަ ސަރަހައްދީ ހަބެއް ގާއިމުކުރާނެއެވެ.
މި ހަބް ފަރުމާކުރަނީ eVTOL އުޅަނދެއްގެ ވަށައިގެންނެވެ. މި އުޅަނދު ހީވާނީ އުދުހޭ ކާރެއް ހެންނެވެ. މި އުޅަނދު ފަރުމާކުރަމުން އަންނަނީ ޖަރުމަނުވިލާތުގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ ‘ލިލިއަމް’ އިންނެވެ.
މި ޕްރޮޖެކްޓްގައި މަސައްކަތްކުރާ ޓީމުން ބުނާގޮތުން، ވާރޓިޕޯޓުން ސީދާ މައްޗަށް، ކަރަންޓުން ހަކަތަ ލިއްބައިދޭ މި މަތިންދާބޯޓަށް އުދުއްސައިގަނެވޭނެއެވެ. އެގޮތުން ގަޑިއަކު 300 ކިލޯމީޓަރު ބާރުމިނުގެ އިސްޕީޑަކަށް މީތި ވާޞިލްވާނެއެވެ.
މި ވާރޓިޕޯޓް ނިންމުމަށް އަމާޒުހިފާފައި ވަނީ 2025 ވަނަ އަހަރަށެވެ. ވާރޓިޕޯޓް ހެދުމުން، ފްލޮރީޑާގެ ކާރޫބާރޫ ބޮޑު ހައިވޭތަކުން ފަސޭހަކަމާއެކު ފަސިންޖަރުންނަށް ހުރަސްކޮށްލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!