ރާއްޖެ ޓީވީގެ ”ކުލަ ސްކްރީން“ ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ހޯސްޓް ރިފްޤާ ޢަބްދުލް ވައްޙާބް (ރިފޫ)ގެ ކައިވެނީގެ ރަންކިޔުން ޕާކިސްތާނީ ރަހަތަކާއެކު ބޭއްވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެކަމަށް ވަރުގަދަ ރައްދެއް ރިފޫ ދީފިއެވެ.
ޓީވީ ޕްރޮގްރާމުގެ އިތުރުން ޝޯވތައް ހުށައެޅުމަށްވެސް ހުނަރުވެރި ރިފޫގެ ކަައިވެނީގެ ރަންކިޔުން ބޭއްވީ ވަރަށް ތަފާތު، ކުލަގަދަ ގޮތަކަށެވެ. އިންޑިޔާ ސްޓައިލަށް ކަމަށް ހީވާ ބަޔަކަށް އިންޑިޔާ ސްޓައިލް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ރިފޫ ބުނީ އޭނާގެ ރަންކިޔުން ބޭއްވީ އިންޑިޔާ ސްޓައިލަށް ނޫންކަމަށާ، މިއީ ޕާކިސްތާނު ސްޓައިލް ކަމަށެވެ.
“ފުރަތަމަ ކަމަކަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑަކީ އިންޑިޔާގެ ސަގާފަތަށް ލޯބިކުރާ މީހެއް ނޫނޭ. އަޅުގަނޑުގެ ރަންކިޔުން ބޭއްވީ ޕާކިސްތާނު ތީމް އަށް. ޕާކިސްތާނު އަދި އިންޑިއާގެ ހަަފުލާތަކުގަ ވައްތަރު ގޮތްތަކެއް ހުރުމަކީ އަޅުގަނޑުގެ މައްސަލައެއް ނޫން.” ރިފޫގެ ފޭސްބްކް މެދުވެރިކޮށް ބުނެފައިވެއެވެ.
ރިފޫ އިތުރަށް ބުނީ އޭނާގެ ޕޯސްޓްތަކާ ލިޔުންތަކަށް ބެލުމުން ޕާކިސްތާނުގެ މާދަރީބަސް “އުރުދޫ” އިން ލިޔެފައިވާތަން ފެންނާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ‘މީކީ ތިބުނާ ތީމަށް’ (އިންޑިޔަން ތީމަށް) ރާއްޖޭގައި ބޭއްވި ފުރަތަމަ ހަފުލާ ނޫންކަމަށެވެ.

ރިފޫގެ ރަންކިޔުމުގެ ހަފުލާގެ ބައެއް ފޮޓޯތަކާއެކު ފާޑުކިޔުމަށް މީހަކު ކޮށްފައިވާ ޕޯސްޓެއް
“މި ޕޯސްޓް ލީ މާހާ ހާސިލްކުރަން ބޭނުންވަނީ ކޮން މަގުސަދެއް ކަމަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ. އަދި މި ޕޯސްޓަށް ކޮމެންޓްކުރި މީހުން މާ ގޯސް. އެންމެ ކޮމެންޓެއް ފިޔަވައި ދެން ހުރި ހުރިހައި ކޮމެންޓްތައް ކިޔަންވެސް ނުކެރޭހާ ހުތުރު. ވަސް ދުވާނެއޭ ސިންދޫރު ޖަަހާށޭ ކިޔާ ތިފަދަ ހަޑި ބަސްތައް ކިތަންމެ ވަރަކަށް ކިޔަސް އަޅުގަނޑުވެސް ވާނީ ހަމަ ތިބޭފުޅުން ފަދަ ދިވެހި ދަރިއަކަށް.” ރިފޫ ލިޔެފައިވާ ދިގު މެސެޖްގައި ވެއެވެ.
“އަޅުގަނޑު މަސައްކަތްކުރި ޓީވީ ނުވަތަ ސަރުކާރު ދެކެ އަންނަ ރުޅި އަޅުގަނޑަށް ބާލަންވީ ކީއްވެތޯ؟ ކޮންމެ ތާކު މަސައްކަތް ކުރިޔަސް ކޮންމެ ޕާޓީއަކަށް ސަޕޯޓްކުރިޔަސް ތިބޭފުޅުންނެކޭ އަޅުގަނޑެކޭ ވާނީ ހަމަ އެއްވަރު. ތިޔަ ފަދަ ނަފުރަތުގެ ބަސްތަައް ނުފަތުރާ އަޅުގަނޑަށް މަރުހަބާކިޔާ ހެޔޮ ދުއާކޮށްދެއްވާ!”
ރިފޫ ބުނީ ދޮގެއްވާ ނޫނެވެ. މިއީކީ ރާއްޖޭގައި އެބުނާ ސްޓައިލަށް ބޭއްވި ފުރަތަމަ ހަފުލާއެއް ނޫނެވެ. ހަމަ ސީދާ އިންޑިޔަން ސްޓައިލަށް އެތަކެއް ކައިވެނިތަކަކާ ރަންކިޔުންވެސް މި ރާއްޖޭގައި ބާއްވައިފިއެވެ. ފިލްމީ ފަންނާނުންނާއި ލަވަކިޔުންތެރިންގެ އެވެ. ބައެއް އާއްމު ފަރާތްތަކުންވެސް މެއެވެ.
އިންޑިޔަން ނުވަތަ ޕާކިސްތާނީ ތީމަކަށް ކައިވެނި ޕާޓީއެއް ނުވަތަ ރަންކިޔުމެއް ބޭއްވުން ކަޑަޔޯލައެވެ. އެކަމަކު ރާއްޖޭގައި އެންްމެ ގިނައިން ކައިވެނި ޕާޓީ ބާއްވަނީ ކޮން ސްޓައިލަކަށް ކަމާމެދު ވިސްނައިލީ ކިތައް ބޭފުޅުންބާއެވެ. އަޅުގަނޑެއްވާ މިޔަކަށް ޖަވާބެއް ނުދޭނަމެވެ. ގޫގްލް ހާވައިލުމުން ފެނުނު ނަތީޖާ ދައްކައިލަމުން ރިފޫގެ ކައިވެނީގެ ރަންކިޔުމުގެ އުފަލުގައި މުނިއަވަސް އިން ބައިވެރިވެ ހެޔޮ ދުއާކުރާ ވާހަކަ ބުނެލަމުން ފުލްސްޓޮޕެއް ޖަހައިލާނަމެވެ.

ރާއްޖޭގައި ކައިވެނި ހަފުލާތަކަށް އެންްމެ ގިނައިން ބޭނުންކުރާ ހެދުމުގެ ފަރުމާތަކެއް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
ދޮގެއްވާ ނޫނެވެ. ކިރިސްތިޔަން ގޮތަށް އެންމެން ވެޑިން ހެދުން ލައިގެން އޯކޭ އެވެ. ދިވެހިން ދޯއެވެ.
ދިވެހިން ނަށް ދިވެހި ވަންތަ ގޮތްތައް ހަމަ ކަމުނުދަނީ … އެކަމަކު މަގޭދީން މަގޭ ރާއްޖެ😆
ރިފޫ އެއީ ކާކު؟ އަދި ކިރިޔާ އަލަށް މި އަޑު އެހީ.
Article ah hit libunu varu balaabala. Rifu akee kaaku kan engeyhaa hit vefa othee. Ekkala Gol ulheyleh maa fahathee ey. Ehen nama Rifu engey ne
އިންޑިޔާ މީހެެއްތަ?