ރާއްޖޭގެ މަޝްހޫރު ހިޕްހޮޕް ލޭބަލް ސިމްބޮލިކް ރެކޯޑްސް، ސައުންޑް ކްލައުޑުން ވެރިފައިކޮށްދީފިއެވެ. މިއީ ރާއްޖޭގެ ލޭބަލް އެއް ސައުންޑްކްލައުޑްގައި ވެރިފައި ކޮށްދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސިމްބޮލިކް ރެކޯޑްސްގެ މާކެޓިންގ އެންޑް ޕީއާރް ޑިރެކްޓަރ އިސްމާއިލް ނާއިލް ނަޝީދު ރާއްޖެ އެމްވީ އަށް، ބުނީ މިއީ ސިމްބޮލިކް ރެކޯޑްސްއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ޚާއްޞަކޮށް ސައުންޑް ކްލައުޑުން ރިކޮމެންޑްކޮށް އެންމެ ފުރަތަމަ ވެރިފައިކުރި އެކައުންޓްތަކުގެ ތެރޭގައި ސިމްބޮލިކް ހިމެނުން އެއީ ބޮޑު ކުރިއެރުމެއް ކަމަށް ނާއިލް ބުންޏެވެ.

ސިމްބޮލިކަށް ސައުންޑް ކްލައުޑްގެ ނޫ ފާހަގަ ލިބުމާއިއެކު ޒުވާނުންގެ ވަޒީރު އަޙްމަދު މަޙްލޫފް އެ ލޭބަލްގެ މެންބަރުންނަށް މަރުޙަބާ ދެންނެވިއެވެ. މީގެ އިތުރުން ސިމްބޮލިކް ރެކޯޑްސްގެ ފޭނުންނާ ގިނަ އަދަދެއްގެ ދިވެހިން މިކަމާ ގުޅިގެން މަރުހަބާ ކިޔަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ސައުންޑްކްލައުޑުން ޕްރޮފައިލްއެއް ވެރިފައިކޮށްދެނީ ވަރަށް ބޮޑަށް މަޝްހޫރުކަމާ މަޤްބޫލުކަން ލިބިފައިވާ އާޓިސްޓުން، ކަލެކްޓިވް، ޑީޖޭ، ލޭބަލް އާއި ކިއުރޭޓަރގެ އިތުރުން ޕޮޑްކާސްޓުންނަށެވެ. މީގެ އިތުރުންވެސް ގިނަ ކަންތައްތަކަށް ސައުންޑްކްލައުޑް ނޫ ފާހަގަ ދިނުމުގައި ބަލައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.