ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ ފިޝަރީޒް އެންޑް މެރިންރިސޯސަސްގެ ފަރާތުން، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ދާއިރާތަކާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއިގުޅޭ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް ކެރިއަރ ގައިޑެންސް ވެބިނަރއެއް ބާއްވައިފިއެވެ. “ލޯންޗް ޔުއަރ ކެރިޔަރ އެޓް ފިޝަރީޒް އެންޑް މެރިންރިސޯސަސް”ގެ ނަމުގައި އެ މިނިސްޓްރީން ކެރިއަރ ގައިޑެންސް ވެބިނަރއެއް ބޭއްވީ މިމަހު 07ވަނަ ދުވަހުއެވެ.  

މި ފްރޮގްރާމްގެ އެއްބައިގެ ގޮތުގައި މާލެ އަދި ހުޅުމާލޭ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މިދާއިރާގައި ކުރަމުންދާ މަސައްކަތްތަކާއި އަދި ހުރި ފަހި ފުރުސަތުގެ މައުލޫމާތު ދިނުމަށް މަސްބަންދުކުރާ ކާރުހާނާއަކަށް ގެންދިޔަ ކަމަށް މިނިސްޓްރީން މަޢުލޫމާާތު ދެއްވައެވެ. މިގޮތުން ދަރިވަރުން ގެންދެވިފައިވަނީ އެންސިސް ފިޝަރީޒްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކޮށް ހިންގަމުންދާ މަސްބަންދުކުރާ ކާރުޚާނާއަށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ދާއިރާތަކާއި މަތީ ތަޢުލީމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު މިވެބިނާގެ ބައިވެރިންނަށް މި ސިނާއަތުގައި ހަރަކަތްތެރިވާ ކުންފުނިތަކުންނާއި ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވަނީ ފޯރުކޮށްދީފައެވެ.

މި ވެބިނާގައި 40 ބައިވެރިން ބައިވެރިވެ މަޢުލޫމާތުވަނީ ހޯދާފައެވެ. ބައިވެރިންނަށް މިދާއިރާއާއި ގުޅުންހުރި މައޫލޫމާތުދިނުމަށް ޕެނަލިސްޓުންގެ ގޮތުގައި މޯލްޑިވް އިންޑަސްޓްރިއަލް ފިޝަރީޒް ކޮޕްޕެނީ ލިމިޓެޑް، ބިގް ފިޝް ފިޝަރީޒް މޯލްޑިވްސް، އެންސިސް ފިޝަރީޒް މޯލްޑިވްސް މެނޭޖްމަންޓުގެ ބޭފުޅުންނާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ބޭފުޅުން ބައިވެރިވެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ.

މިފޮރްގްރާމްގެ ދަށުން މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ފެކްޓަރީއަށް ޒިޔާރަތްްކުރުމުގައި މާލެ އަދި ހުޅުމާލެއަށް ނިސްބަތްވާ 6 ސުކޫލަކުން މެރިންސައިސް ކިޔަވާ 27 ދަރިވަރުންނާއި 5 ޓީޗަރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެންސިސް މަސް ބަންދުކުރާ ކާރުހާނާގައި މަސް ބަނދުކުރުމުގެ މަސައްކަތް ކުރަމުންދާގޮތް ބަލާލުމުގެ ފުރުޞަތު ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ ފޯރުކޮށްދީފައެވެ. އަދި މިސިނާއަތުގައާއި އެންސިސް ކުންފުނީގައި ޒުވާނުންނަށް ހުރި ފުރުޞަތުގެ މައުލޫމާތު ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން ދަރިވަރުނަން ވަނީ ދެއްވާފައެވެ. މީގެ އިތުރުން އެންސިސް ފިޝަރީޒްގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް އެ ފެކްޓްރީގައި މަސައްކަތް ކުރުމުގައި ދީފައިވާ ލުއިތަކުގެ މަޢުލޫމާތު ދަރިވަރުންނާ ވަނީ ހިއްސާކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.