2016 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކުރަމުންދާމޯލްޑިވްސްމެރިން ސައިންސް ސިމްޕޯޒިއަމްސިލްސިލާގެ ތިންވަނަ ސިމްޕޯޒިއަމް، މިއަދު (12 ޑިސެންބަރު 2020ގައި) ފެށިގެން ކުރިއަށް އެބަދެއެވެ. ދެއަހަރުން އެއް އަހަރު ބޭއްވެމުން ދާނެ މި ސިމްޕޯޒިއަމްގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެކަނޑުގެ މާހައުލާއި ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސާތަކުގެ މައުލޫމާތު ބަދަލުކޮށް، އެދިރާސާތަކުގެ ނަތީޖާ އާއްމުންނާއި ހިއްސާކުރުމުގެ ޒަރީއާއިން ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާކުރިއެރުވުމެވެ.

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނިބައްދަލުވުންކަމުން، މިއީ ރާއްޖޭގައި މެރިން ސައިންސުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި ގުޅޭ މުހިންމުމައުލޫމާތުތައް ލިބިގެން ދާނޭ ފޯރަމެކެވެ.

ތިންވަނަ މޯލްޑިވްސް މެރިން ސައެންސް ސިމްޕޯޒިއަމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް ޒަހާ ވަޙީދެވެ. ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ނޫ އިޤްތިޞާދެއް ބައްޓަންކުރުމުގައި، ސައިންސުން ފޯރުކޮށްދޭ މައުލޫމާތަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ސިމްޕޯޒިއަމް އިފްތިތާހުކުރައްވަމުން ބައިވެރިންނާއި މުޚާތަބުކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަލިއަޅުއްވާފައިވެއެވެ. އަދި މެރިންސައިންޓިފިކް ދިރާސާތައް އާންމުކުރެވޭނޭ ޕްލެޓްފޯމެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައިވެއެވެ.

ދެދުވަހަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގައި 5 ދާއިރާއަކުން ޖުމްލަ 34 ކަރުދާހެއް ހުށަހެޅިގެން ދާނެއެވެ. މިދާއިރާތަކުގެ ތެރޭގައި، ފަރުތައް މޮނިޓަރ ކުރުމާއި އިއާދަކުރުން، ފަރުތަކުގެ ދިރުން، ކަނޑޫފަލާއި މޫދުވިނި، މެގަފޯނާ (ކަނޑުގައި އުޅޭ ބިޔަ ދިރުންތައް)، އަދި މަސްވެރިކަން މެނޭޖްކުރުމުގެ ދާއިރާއިން ކޮށްފައިވާ ދިރާސާތައް ހިމެނެއެވެ. މި އަހަރުގެ ސިމްޕޯސިއަމަށް ހުށަހަޅާފައިވާ އެބްސްޓްރެކްޓްތައް ރިވިއު ކުރެއްވި، ސިމްޕޯޒިއަމްގެ ސައިންޓިފިކްކޮމިޓީން، މި ސިމްޕޯޒިއަމްގައި ހިމެނުމަށް ފެންވަރު ރަނގަޅު، ކޮލިޓީ ދިރާސާތައް ހުށަހަޅާފައިވާކަމަށް ވިދާޅުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.