މޯލްޑިވްސް މީޑިއާ ކައުންސިލުން ދިވެހި މީޑިއާގެ ދަފުތަރު އެކުލަވާލައި އާންމުކޮށްފިއެވެ. މި ދަފްތަރަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު) ގެ 59 ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓުކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ލާޒިމްކުރާތީ، އެކުލަވާލެވުނު ދަފުތަރެއް ކަމަށް މީޑިއާ ކައުންސިލުން ހާމަކުރައްވައެވެ.
މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ، މޯލްޑިވްސް މިޑިއާ ކައުންސިލަކީ ރާއްޖޭގައި ހިންގާ ހުރިހާ މީޑިއާއެއްގެ ބަލަދުވެރި ފަރާތްކަމުގައި ވީ ހިނދު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތައް ދެނެގަތުމާއި، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ މީޑިއާތައް ދަފުތަރުކޮށް މިހާތަނަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މީޑިއާތަކާ ގުޅޭ އެކިއެކި މައްސަލަތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނިންމުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމެވެ.
ޖުމްލަ 219 މީޑިއާއެއްގެ މައުލޫމާތު މިވަގުތު އަދާހަމަކޮށްފައިވާ މި ދަފްތަރުގައި މީޑިއާގެ ނަމާއި، އެޑްރެސް، ރަޖިސްޓްރީ ނަންބަރާއި އަހަރު، އަދި މީޑިއާގެ މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ މައުލޫމާތު ހިމަނާފައިވެއެވެ. މި ދަފްތަރު މިހާރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓް http://www.mmc.org.mv/publications/article/14-12-2020 އިން ފެނިވަޑައިގަންނަވާނެއެވެ.
ކޮންމެ މަހަކު އެއްފަހަރު ދަފްތަރު އަދާހަމަކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓް ގައި ޝާއިއުކުރެވޭނެ ކަމަށްވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ