ބައިސްކޯފުގެ އެންމެ ކާމިޔާބު ސީރީޒް، “ހުވާ”އަށް ބޮލީވުޑްގެ މަޝްހޫރު ތަރި މާދޫރީ ޑިކްސިޓް ގެންނަން އުޅޭކަމުގެ އިޝާރާތެއް ބައިސްކޯފުގެ “އެއްކަލަ ޝޯވ” އިން ކޮށްފިއެވެ. ޗޮޕްއާރޓުން އުފައްދާ އެނިމޭޓެޑް ކޮމެޑީ “އެއްކަލަ ޝޯވ”ގެ އެޕިސޯޑް 04ގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ގެނެސްފައިވަނީ މާދޫރީ އެވެ.
“އެއްކަލަ ޝޯވ”ގެ އެޕިސޯޑް 04 ޚާއްޞަކޮށްލާފައިވަނީ އަދުރޭ އަށެވެ. ޝޯވގެ ވަކި ހިސާބަކުން ޚާއްޞަ މެހެމާނެއްގެ ގޮތުގައި މާދޫރީ ގެނެއެވެ. މާދޫރީ ރާއްޖެ އައިސް ކީއްކުރަނީ ކީއްތޯ އަދުރޭ އަހައިލުމުން އޭނާ ބުނީ ރާއްޖެ އައީ ދެ ކަމަކަށްޓަކައި ކަމަށެވެ.
އަދުރޭ: އާޕް މޯލްޑިވްސް މޭ ކޯއްޗެއް ތިޔަ ހަދަނީ؟
މާދޫރީ: އައި ކޭމް ހިއާ ފޯރ ޓޫ ރީޒަންސް. ވަން އިޒް އޭމް ޑުއިން އަ ގެސްޓް އެޕިއަރެންސް އޮން ނަހޫސް “ހުވާ” ސީރީޒް. ދެޓްސް ވައި އައިކޭމް ޓު ދިސް ޝޯވ އޯލްސޯ. ޔަހާ ސަބް ލޯގް ބޮހޮތު އައްޗޭހޭ. އައި ކޭމް ޓު މޯލްޑިވްސް އަ ފިއު އިޔާރޒް ބެކް އޯލްސޯ. ބަޓް ނައު ސޯ މެނީ ތިންގްސް ހޭޑް ޗޭންޖްޑް. ސޯ މެނީ ޑެވެލޮޕްމެންޓްސް.
“އެއްކަލަ ޝޯވ” އަކީ ފެކްޓް ބޭސްޑް ޕޮލިޓިކަލް ޝޯއެއް ކަމަށްވާތީ އެ ޝޯވ ގައި އެ ބުނި ގޮތަށް “ހުވާ” ސީރީޒްގައި މާދޫރީގެ ޚާއްޞަ ފެނިލުމެއް ފެނިގެން ދިއުމަކީ ނުވުމަށް ވުރެން ވުން ގާތް ކަމެއް ކަމަށް ޤަބޫލުކުރެއެވެ.
“ހުވާ”ގެ މި ސީޒަންއަށް ޚާއްޞަ ފެނިލުމެއްގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ގެންނަން އުޅޭކަމުގެ މަޢުލޫމާތެއް މީގެ ކުރިން ވަރަށް އިތުބާރުހިފޭ ފަރާތަކުން މުނިއަވަސް އަށް މަޢުލޫމާތު ދީފައި ވެއެވެ. އެހެންކަމުން “އެއްކަލަ ޝޯވ”ގެ އެ ބުނި ގޮތަށް “ހުވާ”އިން މާދޫރީ ފެނިގެން ދިއުމަކީ ހަމަ ވަރަށް ގާތް ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.
ކޮވިޑް-19 އާ ގުޅިގެން “ހުވާ” ސީރީޒް މެދުކެނޑިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ އިރު، މި ސީރީޒްގެ ޝޫޓިން ވަރަށް އަވަހަށް ފަށަން އުޅޭކަމުގެ މަޢުލޫމާތު ލިބެއެވެ. ފާޠިމަތު ނަހުލާގެ މި ކާމިޔާބު ވެބްސީރީޒް ބްރޭކަކަށް ދިޔައީ ސީޒަން ދޭއްގެ 20 އެޕިސޯޑު ދެއްކުމަށްފަހުގަ އެވެ.
”ހުވާ 02“ ގައި 80 އަށް ވުރެން ގިނަ އެޕިސޯޑް ހިމެނޭ އިރު، ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ. “ހުވާ”ގެ ސީޒަން ބްރޭކަކަށް ދިޔައީ މީގެ ހައެއްކަ މަސް ކުރިންނެވެ.
“ހުވާ” ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަބްދުﷲ މުޢާޒް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮން އައްޔަ) އާޒިމް، އަދި އާރިފާ އިބްރާހީމް ޙަސަން މަނިކް (ރޯނު) ވެސް ފެނިގެންދާނެއެވެ.
ހުނަރުވެރި ގިނަ ތަރިންތަކެއް ހިމަނައިގެން ބައިސްކޯފުން ގެނެސްދޭ ”ހުވާ“ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސީރީޒެކެވެ. ”ހުވާ“ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ވެބްސީރީޒްއެވެ. ހުވާ ޑައިރެކްޓްކުރަނީ ފައިސަލް އާއި ނަހޫގެ އިތުރުން ޔޫއްޕެއެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟