ސަނާ ޚާން އާއި އަނަސް ސައްޔަދުގެ ކައިވެންޏަށް އެއް މަސް ފުރުން ފާހަގަކުރުމަށް ސަނާ އަށް އަނަސް ދިނީ ވަރަށް ޚާއްޞަ ހަދިޔާއެކެވެ. ހަދިޔާ ލިބުމުން ސަނާ ބުނީ “އަހަރެން ކަލާއަށް ހަދިޔާއެއް ދިނުމަށް މިވަނީ ދަރާފައި، އޯކޭ.” މިހެންނެވެ.
މިހާރުވެސް މީސް މީޑިއާގައި ފުދޭވަރަކަށް ހަރަކާތްތެރިކޮށް އުޅޭ ކުރީގެ އެކްޓްރެސް ސަނާ ޚާން އާއި މުފްޠީ އަނަސް ސައްޔަދު ކައިވެނިކުރީ މިދިޔަ ނޮވެމްބަރު މަހު 20ގައި ކުޑަގޮތަކަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ދާދި ފަހުން، މި ދެމީހުންގެ ކައިވެންޏަށް އެއް މަސް ފުރުން ވަނީ ފާހަގަކޮށްފައެވެ. މި ޚާއްޞަ މުނާސަބާ ފާހަގަކުރުމަށް، އަނަސްގެ ފަރާތުން ސަނާއަށް ލިބުނީ ވަރަށް ލޯބި ހަދިޔާއެކެވެ.
އަނަސްގެ ފަރާތުން ސަނާއަށް ލިބުނު ހަދިޔާގެ ވީޑިއޯއެއް ސަނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވެއެވެ. އޭނާގެ ފިރިމީހާ ދިނީ ފަހުގެ އައިފޯނެކެވެ. އެ ފޯނު ކޮންމެވެސް ވަރަކަށް ސަނާގެ ވީޑިއޯގައި ދައްކާލާފައި ވެއެވެ. ވީޑިއޯއާ އެކު ވަރަށް ލޯބި މެސެޖެއް ވެސް ސަނާ ލިޔެލާފައި ވެއެވެ.
“އެކުގައި އެއް މަސް ހޭދަކުރެވުނީތީ ޝުކްރިއްޔާ @އަނަސް_ސައްޔަދު20. އަހަރެން ކަލާއަށް ހަދިޔާއެއް ދިނުމަށް މިވަނީ ދަރާފައި، އޯކޭ.” ހިތުގެ އިމޯޖީއަކާ އެކު ސަނާ ލިޔެލާފައިވެއެވެ.
މީގެ ކުރިން އާއްމުކޮށްފައި ނުވާ ކައިވެނީގެ ވީޑިއޯއެއްވެސް ސަނާ ހިއްސާކޮށްފައި ވެއެވެ. އެ ވީޑިއޯގައި ފެންނަނީ ކައިވެނީގެ ސެޓްފިކެޓްގައި ސަނާ ސޮއިކުރާ ތަނެވެ. ވީޑިއޯއާއި އެކުގައި ސަނާ ލިޔެެފައި ވަނީ، “މިދިޔަ މަހު މިދުވަހު އަހަރެން ބުނިން “ގަބޫލޭ”. އޭގެ ފަހުން މިއަދަށް މިވީ އެއް މަސްދުވަސް އަލްޙަމްދުލިﷲ. މިގޮތުގައި ހިނިތުންވުމާއެކު މުޅި ދިރިއުޅުން ހޭދަވުމަށް އެދެން. 🥰 އަހަރެންގެ ހަޔާތުގެ އެންމެ ރަނގަޅު ނިންމުން ނިންމުނު ދުވަސް އެއީ 🎊 މި ދޯޕައްޓާ އަކީ އަހަރެންގެ މައިދައިތަ އަހަންނަށް ފަހައިދިން ދޯޕައްޓާއެއް😁”
View this post on Instagram
ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސަނާގެ ކައިވެންޏާ ބެހޭގޮތުން އޭނާ ބުނީ، “އަނަސް އާއި ކައިވެނިކުރުން އެއީ ހަމަ އެހެން ހުރެލާފަ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. އެފަދަ ފިރިއެއް ލިބޭތޯ އަހަރެން ދުޢާކުރާތާަ އެތައް އަހަރެއް ވެއްޖެ. އަހަންނަށް އޭނާ އެންމެ ކަމުދާ ކަމަކީ އެއީ މާތް މީހަކަށްވުން. އޭނާއަކީ އެހާ ފާޑުކިޔާ މީހެއް ނޫން. އޭނާ އަހަރެންގާތު މިހެން ބުނި. ‘ސާފުކޮށް އޮތް އެއްޗެއް ކާނުގަނޑަކަށް ވެއްޓިފައި އޮއްވާ އޭގޭ މައްޗަށް 10 ބާލިދީ ފެން އެޅިޔަސް، އޭތި ސާފެއް ނުވާނެ. ނަމަވެސް އޭތި ކާނުގަނޑުން ނެގުމަށްފަހު އެއްމެ ފެންތަށްޓެއް އަޅައިގެންވެސް އޭތި ސާފުކުރެވިދާނެ.‘ މިއީ އަހަރެންގެ ހަޔާތަށް އޭގެ އަސަރު އަބަދުމެ ކުރާނެ ވާހަކައެއް.”
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”