ސަލްމާން ޚާން އާއި އާޔޫޝް ޝަރްމާ ލީޑުން ފެނިގެންދާ ވަރުގަދަ ފިލްމު، “އަންތިމް”ގައި ސަލްމާން ޚާން ހުންނަ ގޮތް ފުރަތަމަ ފަހަރަށް މީޑިއާއާ ހިއްސާކުރީ މީގެ ދެ ހަފުތާ ކުރިން އާޔުޝް ޝަރްމާއެވެ. މިއަދު މިވަނީ މި ފިލްމުގައި އާޔޫޝް ޝަރްމާ ފެނިގެންދާނެ ގޮތުގެ މަންޒަރެއް ފުރަތަމަ ފަހަރަށް އާއްމުކޮށްފައެވެ. މި މަންޒަރު އާއްމުކުރީ ސަލްމާން ޚާން އެވެ.
“އަންތިމް: ދަ ފައިނަލް ޓުރުތު”ން ބަޠަލާއެއްގެ ގޮތުގައި ފެނިގެންދާނެ އެއް ތަރިއަކީ ދާދި ފަހުން ކަލާޒް ޗެނެލުން ނިންމައިލި ސިލްސިލާ “ޝުބްއާރަމްބް” ގެ ބަތަލާ މަހީމާ މަކްވާނާ އެވެ. އޭނާ ކުޅޭނީ “އަންތިމް” ގައި އާޔޫޝްގެ ބައިވެރިޔާގެ ރޯލެވެ. މި ފިލްމުގައި ސަލްމާންގެ ބައިވެރިޔާގެ ރޯލް ކުޅޭނީ ޑައިރެކްޓަރު މަހޭޝްގެ ދަރިފުޅު ސާއީ މަންޖްރޭކަރް ކަމަށް މީޑިއާތައް ބުނެއެވެ.
ސަލްމާން މި ފިލްމުގައި ކުޅެނީ ފަގުޑި އެޅި ފުލުހެއްގެ ރޯލެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ.
މަހޭޝް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި މަރާތީ ކްރައިމް ޑްރާމާ ”މުލްޝީ ޕެޓަރން“ގެ އެޑްޕްޓޭޝަނެކެވެ. އެ ފިލްމަކީ، ފިލްމުގެ ވާހަކައަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ސަލްމާން ޚާނާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާގެ ފިލްމު “އަންތިމް: ދަ ފައިނަލް ޓުރުތު” ޕްރޮޑިއުސްކުރަނީ ’ސަލްމާން ޚާން ފިލްމްސް‘ އިންނެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު