“ނޮޅިވަރަމް”އެއް ނޫން. ނޮޅިވަރަން. “ނޮޅިވަރަމްފަރު” އެއް ނޫން. ނޮޅިވަރަންފަރު “ން” ޖައްސަވާ!” ނަކަލުކޮށްލާފައި އެވަނީ ފޭސްބްކްގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ޖެއްސެވި ޕޯސްޓެކެވެ.
“ނޮޅިވަރަމުގެ ނަން ދިވެހިބަހަށް ވަދެފައި އޮތި މަލަޔާޅަމް ބަހުން ކަމަށް ބެލެވޭ…އެހެންވެ ބޮޑަށް ބެލެވެނީ ނޮޅިވަރަމް ކަމަށްކިޔޭނީ.” މިއީ އަޝްރަފް ޢަލީގެ ޕޯސްޓަށް ބޭފުޅަކު ދީފައިވާ ރައްދެކެވެ.
“ފާލަން
މި ލަފުޒު ވެސް ތިޔަހެން ވަދެފައި އޮތީ
ދިވެހިވެފައި ލިޔަމުން އަންނަނީ
ފާލަން
ނޮޅިވަރަމަށް ވެސް ވާނީ މިހެން ކަމުގައި ބެލެވެނީ
ނޮޅިވަރަން – ނޮޅިވަރަމަށް އެ ވަނީ އަސްލު ލަފުޒު މީމަކަށް ނިމޭތީ. އެއީ ނޮޅިވަރަމް. އެހެނަސް ދިވެހި ގޮތް ބޮޑީ ން (ނޫނު ސުކުން) ޖެހުންކަމަށް ވާތީ ކަމަށް ވިސްނެނީ ން އަށް ފަހުން ބަދަލު ކުރައްވައިފައި އެވަނީ
ފާލަން- ފާލަމެއް
މަލަން- މަލަމެއް
މާލަން- މާލަމެއް
ގަލަން- ގަލަމެއް
ކަން- ކަމެއް ( ކާމް)
ކަން- ކަނެއް( މޭޒުކަން)
ދަން- ދަމެއް
ވީމާ، ނޮޅިވަރަން ލިޔުމުގައި އޮތުމަކީ ދިވެހި ރިވެތި ގޮތެއް ކަމުގައި އަޅުގަނޑު ދެކެނީ.” އަޝްރަފް އަލީގެ ޕޯސްޓަށް ރައްދުދިން ބޭފުޅާއަށް ޖަވާބުދެއްވަމުން އަނެއްކާވެސް އަޝްރަފު ލިޔުއްވާފައިވެއެވެ.
މި ލިޔުންކޮޅު ފެނިގެން އަޅުގަނޑަށް އެއްޗެއް ލިޔެނުލައި ނުހުރެވުނީކަމަށްވެސް ވެދާނެއެވެ. ދިވެހިބަހުގެ މިފަދަ އެއްޗަކަށް ލިޔުމެއް ލިޔެލާ ގިނަ ފަހަރު، ކޮންމެވެސް ބަޔަކު އަޅުގަނޑަށް ނުވަތަ އަޅުގަނޑުމެންނަށް މަލާތްމާތްކޮށް ހަޖޫވެސް ޖަހައެވެ. “އަޝްރަފިއްޔާ މަދަރުސާއިން…..” މި އިބާރާތްކޮޅާއެކު ކޮންމެވެސް ގޮތަކުން ދިމާކޮށްލައެވެ. އެކަމަކުވެސް މައްސަލައެއް ނެތެވެ.
އަޅުގަނޑަށްވެސް ފެންނަ ފެނުމުގައި ލިޔުމުގައި ބޭނުންކުރާން ވާނީ “ނޮޅިވަރަމް” އެއް ނޫނެވެ. “ނޮޅިވަރަން” އެވެ. ސަބަބު ބަޔާންކޮށްދެއްވާފައި އެވަނީ ވިސްނާ މީހަކަށް ފަސޭހައިން ފަހުމުވާނޭ ގޮތަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!