އުުމުރުން އެންމެ 09 އަހަރުގެ ރަޔާން ކާޖީ ޔޫޓިއުބް ވީޑިއޯ ހަދަން ފެށީ އޭނާގެ އުމުރުން 04 އަހަރުގައި 2015 އަހަރުއެވެ. އެގޮތުން ރަޔާންގެ ޔޫޓިއުބް ޗެނަލް ‘ރަޔާންސް ވޯރލްޑް’ އަށް 29.5 މިލިޔަން ޑޮލަރު މި އަހަރު އާއްމުދަނީގެ ގޮތުގައި ލިބިފައިވެއެވެ.

އުމުރުން 09 އަހަރުގެ ރަޔާން ކާޖީ އަކީ މި އަހަރު ޔޫޓިއުބުން އެންމެ ބޮޑު މާލީ ނަފާއެއް ހޯދި މީހާ ކަމަށް މަޝްހޫރު ފޯރބްސް މަޖައްލާއިން އިއުލާނުކޮށްފިއެވެ. ރަޔާންއަކީ އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ކުއްޖެކެވެ. ހިންގަމުން އަންނަތާ ތިން އަހަރު ވެފައިވާ ރަޔާން ކާޖީގެ ޔޫޓިއުބް ޗެނަލް ‘ރަޔާންސް ވޯރލްޑް’ އަށް މި ނިމޭ 2020 ވަނަ އަހަރު އާއްމުދަނީގެ ގޮތުގައި 29.5 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މިއީ ކުޑަކުދިންގެ ޕްރޮޑަކްޓްސް ތަކުގެ އިޝްތިހާރު އުފެއްދުން އިންތިހާއަށް ދަށްވެފައި އޮއްވައި ލިބުނު އާއްމުދަނީއެކެވެ.

ރަޔާން ކާޖީގެ އަސްލު ނަމަކީ ރަޔާން ގުއާން އެވެ. އޭނާ ޔޫޓިއުބް ވީޑިއޯ ހަދަން ފެށީ އުމުރުން އެންމެ 04 އަހަރުގައި 2015 ވަނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Ryan’s World (@ryansworld)

ރަޔާންގެ ޔޫޓިއުބް ޗެނަލަށް އެންމެ ފުރަތަމަަ ކިއީ ‘ރަޔާން ޓޯއީސް ރިވިއު’ އެވެ. އެ ޗެނަލްގެ ޒަރީއާއިން ކުޅޭ އެއްޗެހި ކަނޑައި އެއަށް ރިވިއުދޭ ތަން ދައްކައެވެ. މިކަމުގެ ސަބަބުން ރަޔާންގެ ވީޑިއޯތައް ވައިލަރްވާން ފަށައި އޭނާގެ މަޤްބޫލުކަން އިތުރުވާން ފެށިއެވެ.

އިންސަައިޑަރ އިން ބުނާގޮތުން ފިލްމު ‘ކާރސް’ގައި ކުޅޭއެއްޗެހި ކަނޑައި އެއަށް ރިވިއުދޭ މަންޒަރު ދައްކައިދޭ ވީޑިއޯ ޔޫޓިއުބްގައި ވައިރަލްވި ހިސާބުން އޭނާގެ ޗެނަލް އަތުފަތުނުޖެހި ހިނގަން ފެށިއެވެ.

ތިންވަނަ ގްރޭޑްގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ރަޔާން އާއި އޭނާގެ އާއިލާއިން 09 ޔޫޓިއުބް ޗެނަލް ހިންގައެވެ. އޭގެ ތެރެއިން އެންމެ މަޤްބޫލު ޗެނަލް ކަމަށްވާ ‘ރަޔާންސް ވޯރލްޑް’ގައި 27.7 މިލިޔަން ސަބްސްކްރައިބަރުން އެބަ ތިބިއެވެ.

ކުޅޭ އެއްޗެހީގެ ރިވިއު ގެނެސްދޭން ފެށި މި ޗެނަލުން މިހާރު ވަރަށް ބޭނުންތެރި އެހެނިހެން މަޢުލޫމާތުތައް ވެސް ގެނެސްދެއެވެ. އެގޮތުން މަޖާ އަދި ޢިލްމީ ވީޑިއޯތަައް ގެނެސްދެއެވެ. އޭގެތެރޭގައި ޑީއައިވައި (ޑޫ އިޓް ޔޯރސެލްފް) ސައިންސް އެކްސްޕެރިމެންޓް ތަކާާއި އެކިއެކި ޗެލެންޖްތަކުގައި ރަޔާން ބައިވެރިވާ ވީޑިއޯތައް ހިމެނެއެވެ. އޭޭގެ ތެރެއިން ބައެއް ވީޑިއޯތަކުގައި ރަޔާންގެ އަންހެން ކޮއްކޮ ވެސް ބައިވެރިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.