“ޓޯކް ޝޯވ މޮންދު”ގެ ނަމުގައި ރާާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ފާހަގަކޮށްލެވޭ ރަން އަޑުގެ ވެރިޔާ މުޙައްމަދު އާސިފު (މޮންދު) ގެނެސްދެއްވަން ފައްޓަވާފައިވާ ވީޑިއޯ ޕޮޑްކާސްޓިންގ ޝޯވގެ ތިންވަނަ އެޕިސޯޑް މިއަދު ދައްކާފައިވާ އިރު، އެ ޝޯގެ ތެރެއިން މޮންދުގެ އައު އުފެއްދުމެއް ތައާރަފުކޮށްފިއެވެ. އެމްވީޓޯކްސް ޑޮޓް ކޮމްގެ ނަމުގައި މިފަަހަރު މޮންދު އުފައްދަވާާފައި މިވަނީ “ޓޯކް ޝޯވ މޮންދު” ފަދަ ޓޯކް ޝޯތައް އެއް ތަނަކުން ގެނެސްދިނުމަށް ޚާާއްޞަކޮށްފައިވާ ވެބްސައިޓެކެވެ.
“އަޅުގަނޑުގެ މި ޝޯއެކޭ އެއްފަދައިން ތިޔަބޭފުޅުންގެ ނަންފުޅުގަ އެކި މަޢުޟޫތަކަށް އެކިއެކި ދާއިރާތަކުން އުފައްދާ މިފަދަ ޓޯކް ޝޯތައް ޤަވާޢިދުން މި ވެބްސައިޓްގަ ޝާއިޢުކުރުމަށް އަޅުގަނޑު ވަނީ ޤަޞްދުކޮށްފަ. އެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފަ. އެކި މަޢުޟޫތަކަށް ތިބޭފުޅުން ހައްދަވާ މިފަދަ ޓޯކް ޝޯތައް އެއްތާކުން ބަލައިިލުމުގެ ފުރުޞަތު އެމްވީޓޯކްސް ޑޮޓް ކޮމް މެދުވެރިކޮށް ފަހިވެގެން ދާނެ.” މޮންދުގެ އައު ވެބްސައިޓްގެ ކުރު ތަަޢާރަފެއް ދެއްވަމުން ފާހަގަކުރެއްވިއެވެ. މިފަދަ ޓޯކް ޝޯތައް ތައްޔާރުކުރެއްވުމަށް މޮންދުގެ ސްޓޫޑިއޯ ހުޅުވާލެވިފައި ވާކަން މި ޝޯގައިވެސް މޮންދު ފާހަގަކުރެއްވިއެވެ.
އެމްވީޓޯކްސް ޑޮޓް ކޮމްގައި “ޓޯކް ޝޯވ މޮންދު”ގެ ތިން އެޕިސޯޑް މިހާާރު ޝާއިޢުކޮށްފައިވާާކަން ފާާހަގަކޮށްލެވެއެވެ.
“ޓޯކް ޝޯވ މޮންދު”ގެ ތިންވަނަ އެޕިސޯޑް ޚާއްޞަކޮށްލާފައިވަނީ އިޖްތިމާޢީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ‘ސޭފް އެންޖީއޯ (SAFE NGO)’ގެ ބާނީ އަދި ރައީސް މުޙައްމަދު ރާޝިދު (ރާޑޯ) އަށާއި އެ ޖަމިއްޔާގެ ޕްރޮގްރާމު ކޯޑިނޭޓަރ ޢާޒިމް ޢާބްދުލް ހާދީ (އާޒިމްބެ) އަށެވެ. މިއަދުގެ ޝޯގައި ވަރަށް އިބްރަތްތެރި، އަދި އެހާމެ ފައިދާ ހުރި ވާހަކަތަކެއް އިވިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!