މި ވީޑިއޯއަށް ފަރްޚާން އަޚްތަރު ކޮށްފައިވާ މަޖާ ކޮމެންޓް ހަމަ ކޮންމެހެންވެސް ކިޔައިލަން ވާނެއެވެ.
އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ޑޭވިޑް ވޯރނާގެ މަޖާ ވީޑިއޯއެއްގެ ސަބަބަމުން އޭނާގެ އިންސްޓަގްރާމު އެކައުންޓަށް ފަސް މިލިޔަނަށްވުރެން ގިނަ ފޮލޯވަރުން އިތުރުވެއްޖެއެވެ. ‘ރީފޭސް އެޕް‘ ބޭނުންކޮށްގެން ބޮލީވުޑްގެ ލަވައަކަށް އޭނާ ހެދި ޑާންސް ކްލިޕަކުން އޭނާގެ ފޭނުން ހިތްހަމަަޖައްސައިދީފައިވާ އުމުރުން 34 އަހަރުގެ ޑޭވިޑް ވޯރނާ މިފަހަރު ހެދީ ފިލްމު “ޑޯން”ގައި ހިމެނޭ ޝާހްރުކް ޚާންގެ އެކްޓިން ސީން ތަކެކެވެ.
‘ރީފޭސް އެޕް‘އަކީ ވީޑިއޯތަކުގައި ތިބޭ މީހުންގެ މޫނު ބަދަލުކޮށްލައި ބޭނުން މޫނެއް ލައިގެން ވީޑިއޯޯ ތައްޔާރުކޮށްލެވޭ އެޕްލިކޭޝަނެކެވެ. މި އެޕް ބޭނުންކޮށްގެން ޑޭޭވިޑް ވަނީ ރިތިކް ރޯޝަން، އާމިރު ޚާންގެެ އިތުރުން މަޝްހޫރު އިތުރު ސެލެބްރިޓީންގެ ވީޑިއޯތައް ބޭނުންކޮށްގެން ވީޑިއޯ ހަދާފައެވެ. މިހާރު ވައިރަލް ވެފައި މިވަނީ2011 ގައި ރިލީޒްވި ޝާހްރުކްގެ ފިލްމު “ޑޯން”ގެ އެކްޝަން ސީންތަކެއް ރިފޭސް ކޮށްފައިވާ ވީޑިއޯއެކެވެ.
View this post on Instagram
ޝާާހްރުކްގެ ގޮތުގައި ޑޭވިޑް ވޯރނާ ފެނިގެންދާ މި ވީޑިއޯއަށް އެއްދުވަސް ތެރޭގައި މިލިއަނަކަށް ވުރެން ގިނަ ވިއުސް ލިބިފައިވެއެވެ. މީގެ އިތުރުން އެ ވީޑިއޯއަށް އެތަކެއް ހާސް ކޮމެންޓްތައް ލިބިފައިވާއިރު، ގިނަ މީހުން ބުނަމުން ދަނީ ޑޭވިޑް ވޯރނާ ބޮލީވުޑަށް ނުކުންނަން ފެންނަ ކަމަށެވެ. މި ވީޑިއޯއަށް އެންމެ މަޖާ ކޮމެންޓެއް ކޮށްފައިވަނީ “ޑޯން 2″ގެ ޑައިރެކްޓަރ ފަރްހާން އަޚްތަރު އެވެ.
“ޑޯން އަންޑަރ … ދަ ޗޭޒް ކޮންޓިނިއުޒް” ފަރްހާން ލިޔެލާފައި ވެއެވެ.
ދިވެހީންގެ ތެރެއަށް ‘ރީފޭސް އެޕް‘ މަޝްހޫރުވުމުން ހުންނާނެ ކުޅިސަމާ ބަަލަން ތިބެމާާ ހިނގާާށެވެ. އޭރުން ޑޭވިޑް ވޯރނާ ބޭހަކަށްވެސް ނުވާނެކަން ޓިކްޓޮކުން ފެންނަ މަންޒަރުތަކުން އެކަނިވެސް ޔަޤީންކުރެވެއެވެ.
https://www.youtube.com/watch?v=RURZPKJXbbI
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”