ރާއްޖޭގެ ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފްގެ ދަރިފުޅު، ލައިބާ އަޙްމަދު މަހްލޫފް، އިންޑިޔާގެ މަޝްހޫރު ކޮމެޑީ ޝޯ، ‘ދަ ކަޕިލް ޝަރްމާ ޝޯ’ގެ ޝޫޓިންއެއް ބަލައިލުމުގެ ފުރުޞަތު ލިބިއްޖެއެވެ.

މަހްލޫފްގެ އާއިލާ ބޭފުޅުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއި ބައްދަލުކުރިކަން ހާމަކުރިތާ ދުވަސްކޮޅެއް ފަހުން ލައިބާ މިވަނީ ކަޕިލް ޝަރްމާ އާއި ބައްދަލުކޮށް ‘ދަ ކަޕިލް ޝަރްމާ ޝޯ’ގެ ޝޫޓިންއެއް ކުރިއަށް ދިޔައިރު، އެ ޝޫޓިން ވަރަށް ގާތުން ބަލައިލުމުގެ ފުރުޞަތު ލިބިފައިވެއެވެ.

‘ދަ ކަޕިލް ޝަރްމާ ޝޯ’ގެ ހޯސްޓް ކަޕިލް ޝަރްމާއާއެކު ނަގާފައިވާ ވީޑިއޯއެއް މިމަހު 24 ވަަނަ ދުވަހު ލައިބާ އާއްމުކޮށްފައި ވެއެވެ.

ވީޑިއޯ ލަމުން ލައިބާ ބުނީ ‘ދަ ކަޕިލް ޝަރްމާ ޝޯ’ގެ ޝޫޓިން ބަލައިލުމުގެ ފުރުޞަތުލިބުމަކީ ވަރަށް މަޖާ އަދި ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބުނު ކަމެއް ކަމަށެވެ. ކަޕިލް އަށް ޝުކުރު އަދާކުރަމުން ލައިބާ ބުނީ ކަޕިލް އާއި ބައްދަލުކުރެވުމުން ވަރަށް އުފާވި ކަމަށެވެ.

ލަވަކިޔުންތެރިޔާ ޝާން އާއެކު ނަގާފައިވާ ވީޑިއޯ ކްލިޕެއްވެސް ލައިބާ އާއްމުކޮށްފައި ވެއެވެ. ވީޑިއޯ އާއްމުކުރަމުން ލައިބާ ބުނީ ޝާން ބައި އާއި ބައްދަލުވުމުން ވަރަށް އުފާކުރާ ކަމަށާއި އެކަމަށްޓަކައި ޝާން އަށް ޝުކުރުވެރިވާ ކަމަށެވެ.

ލައިބާ އަކީ ލަވަކިޔުމާއި ނެށުމުގެ ހުނަރު ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ކުއްޖެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.