ރާއްޖޭގެ ފިލްމީ މަސައްކަތުގައި އޭގެ ދެވަނައެއް ނެތް، ޑާކް ރެއިން އެންޓަޓެއިންމެންޓުން މީޑިއާ ނެޓަށް އުފަައްދައިދިން ސިޓްކޮމް ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑާއެކު ދިވެހި ފިލްމީ އޯޑިއަންސްގެ ސަމާލުކަން އެ ސީރީޒަށް ލިބިއްޖެއެވެ. ޒަމާނީ ސްޓައިލްގެ ކުލަވަރާއެކު “ރޫމީ އާ ޖަންނަތުު” ސީރީޒް ފަރުދާ ކަހައިލީ އައު އަހަރު ފެށުމާއެކު މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށެވެ. މިއީ ދިވެހިން ބޭނުންވާފަދަ ފެންވަރު ރަނގަޅު އުފެއްދުމަކަށް ވެގެންދާނެ ސީރީޒެއްކަން ފުރަތަ އެޕިސޯޑާއެކު ބެލުންތެރިން ދެމުން އަންނަ ކޮމެންޓްތަކުން ޔަޤީންކުރެވެއެވެ.

ރޫމީ އާ ޖަންނަތުު”ގައި ރޫމީ [އަބްދުﷲ ޝާފިއު (ފުބޫ)] އަކީ ޝެފެކެވެ. ރޫމީ އަކީ ތަންކޮޅެއް ސަކަގޮތެއް ހުންނަަ މީހެކެވެ. އެހެން ނަމަވެސް އެހެންމީހުންނާއި ތަކެއްޗަށް އޯގާތެރި އަޅައިލާ މިޒާޖެއްގެ ވެރިއެކެވެ. ޖަންނަތު [ނުޒްހަތު ޝުޢައިބް (ނުޒޫ)] އަކީ އެމްއެންޑީއެފްގެ ފަޔަރ ބްރިގޭޑެކެވެ. އެހެންކަމުން ނުޒޫއަކީ އޭޭނާގެ މަޤާމުގެ ޒިންމާދާރުކަން، އަމިއްލަ ދިރިއުޅުމުގައިވެސް ދައްކައިދޭ، ފިސާރި ގޮތުގައި ހުންނަ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.

ޖަންނަތާއި ރޫމީ އުޅެނީ ރައްޓެހި ވެގެންނެވެ. ކައިވެނީގެ ގުޅުމަށް ފައިނަގާ ހިސާބުގައި ތިބުމުން ރޫމީ އަައު އެޕާޓްމެންޓަކަށް ބަދަލުވެއެވެ. އޭނާގެ ރަހުމަތްތެރިންގެ ގޮތުގައި ފެނިގެންދާ ވިސްނާ ހަަސަނުގެ ރޯލުން ފެންނަ ރެކްސް އާއި ނެޑީގެ ރޯލުން ފެންނަ ފައިސަލްގެ އެހީތެރިކަމާ އެކުގައެވެ.

ފުރަތަމަ އެޕިސޯޑުން ޖަންނަތާއި އިނުމަށް ރޫމީ ހުށައަޅައެވެ. އެއަށްފަހު ދެ އާއިލާއިން ބައްދަލުކުރެއެވެ. ފިލަމީނާގެ ކުލަގަދަ ރޯލުން ފެނިގެންދާ ޝީލާ ނަޖީބަކީ ޖަންނަތުގެ މަންމައެއް ފަދަ ދައްތައެކެވެ. ރޫމީގެ ބޭބެގެ ގޮތުގައި ފެނިގެންދަނީ ހާދީގެ ރޯލުން ފެންނަ އަޙްމަދު ސަޢީދު އެވެ. ރޫމީ އާއި ޖަންނަތުގެ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ދެ އާއިލާއިން ބައްދަލުކުރަނީ ޝީލާ އާއި ސަޢީދުއެވެ. ރޫމީގެ އެޕާޓްމެންޓްގައެވެ. މަޖާ ކަންތަކެއްތަކެއް މި ބައްދަލުވުމުގަައި ހިނގާއިރު، ރޫމީ އާއި ޖަންނަތުގެ އާއިލާގެ ޚިޔާލުތަފާތުވުން ހުރި ކަންކަން މަޖާ ގޮތެއްގައި ދައްކައިދެއެވެ.

ރޫމީގެ އެޕާޓްމެންޓްގެ މަތީ ފަންގިފިލާގައި ދިރިއުޅޭ ބިއާންކާގެ ކެރެކްޓަރ ކުޅޭ މަރީއާ ތެރޭސާ އަކީ ދިވެހިބަހުން ވާހަކަދެއްކުމަށް ފޯރިހުންނަ ބިދޭސީއެކެވެ. ރޫމީގެ އެޕާޓްމެންޓަށް ބިއަންކާ ޒިޔާރަތްކޮށްލަނީ ‘ގެ ހޫނުކޮށްލަން’ (ހައުސް ވާރމިންގ) އަށްކަމަށް އޭނާ ބުނާ ހިސާާބުންވެސް މި ސީރީޒްގައި ބިއާންކާ ބޭނުންކުރާ ޑައިލޮގުތަކުން ހިނިގަނޑުފަޅައިގެން ދާވަރުވާނެކަން އެނގެއެވެ.

ނެޑީ (ފައިސަލް) އާއި ހާދީ (ސަޢީދު) އާއިދެމެދުގައި ދެކެވޭ ވާހަކަތަކުން ހިނިއަޔަސް، ބެލުންތެރިންނާއި ނޫސްވެރިކަން ކުރާ ފަރާތްތަކަށް ރަނގަޅު މެސެޖްތަކެއްވެސް ލިބިގެންދެއެވެ. އެގޮތުން ނޫސްވެރިކަން ކުރުމުގެ ނަމުގައި މީހުންގެ އަބުރުކަތިލުމާއި ފަސާދައާއި ނަފުރަތު އުފެދޭގޮތަށް ހަޤީޤަތާ ޚިލާފަށް ޚަބަރާއި އިންޓަވިއުތައް ގެނެސްދިނުން ފަދަ ކަންކަމުގެ މައްޗަށް މަތިމަތިން އަލިއަޅުވާލާފައި ވެއެވެ.

ފުރަތަމަ އެޕިސޯޑުން ފެނިގެންދިޔަ މަޖާ ކަންކަން ވަރަށް ތަފުސީލުކޮށްވެސް ލިޔެވިދާނެއެވެ. ނަމަވެސް އެ މަޖާކަމާއި ހިތްގައިމުކަން ލިބޭނީ ސީރީޒް ބަލައިލުމުންނެވެ. ”ރޫމީ އާ ޖަންނަތުު“ ބެލުމަށް މީޑިއާނެޓް މަލްޓި-ސްކްރީން އެޕް ގޫގުލް ޕްލޭ އަދި އެޕް ސްޓޯ އިން ޑައުންލޯންޑްކޮށްލާށެވެ. އެއަށްފަހު މީޑިއާނެޓް ޕެކޭޖް ބޭނުންކުރާ ފަރާތްތަކުން ޕެކޭޖަށް ދީފައިވާ ޔޫސަރ އައިޑީ (ހަ ޢަދަދުގެ ހިސާބު ނަންބަރު) ޖެހުމަށްފަހު ޕާސްވޯޑަކަށް، ޕެކޭޖް ރެޖިސްޓްރީ ކުރުމުގައި ދީފައިވާ އައިޑީކާޑުގެ ނަންބަރު ޖަހައިލުމުން ލޮގިން ވެވޭނެއެވެ.

މީޑިއާނެޓް ޕެކޭޖް ނެތަސް، ފޯނު ނަންބަރެއް ޖަހައި ‘ރެޖިސްޓަރ’ އަށް ފިއްތާލާށެވެ. ފޯނަށް އެސްއެމްއެސް އެއް ލިބޭނެއެވެ. އެ އެސްއެމްއެސްގައި ވެސް ޔޫސަރ ނޭމްއަކަށް ހަ ޢަދަދުގެ ހިސާބު ނަންބަރަކާއި ޕާސްވޯޑްގެ ގޮތުގައި ޖަހާނެ އައިޑީކާޑު ނަންބަރެއް ވާނެއެވެ. ޔޫސަރ ފޯމް ފުރިހަމަކޮށްލުމުން ލޮގިން ވެވޭނެއެވެ. ލޮގިން ވުމުން މެނޫގައިވާ ‘ބޮކްސް ސެޓް’ ގައި ”ރޫމީ އާ ޖަންނަތުު“ ފެންނަން އިންނާނެއެވެ. އެއަށް ފިއްތައިލާ ”ރޫމީ އާ ޖަންނަތުު“ ބެލުމުގައި ހިތްގައިމު، ފޫހިކަމެއް ނެތް، މުނިއަވަސްފިލާނެ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެކަމުގެ ގެރެންޓީ ދެމެވެ.

އައިޝަތު ފުއާދު ތަޢުފީޤު އާއި އަޙްމަދު ޠާލާލް ގެ ސްކްރީންޕްލޭ އަކަށް ޝޫޓްކޮށްފައިވާ މި ސީރީޒަކީ ޢަލީ ޝިފާޢު (ޗިއްޕެ) އާއި މުޙައްމަދު ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ވެބް ސީރީޒެކެވެ. ސީރީޒްގެ ޕްރޮޑިއުސަރުންނަކީ މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުއާދު ތަޢުފީޤް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.