ދިވެހި ފިލްމު އުފެއްދުމުގައި ‘މޫމިން ފުއާދު’ގެ ނަމަކީ ހަމަ ގައިމުވެސް ބްރޭންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ޑައިރެކްޓަރެކެވެ. ވަކިން ޚާއްޞަކޮށް އޭނާގެ ޕްރޮޑަކްޝަން ހައުސް ‘ފައިނަލް ޗެޕްޓާ ސްޓޫޑިއޯ’ގެ ހުނަރުވެރި ކްރޫގެ މަސައްކަތްތަކަކީ ކޮލިޓީ، ތަފާތު، އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ކްރޫއެއްކަން ވެބް ސީރީޒް “ގަމިނި” އިން ވަނީ ފެނިގެން ގޮސްފައެވެ.
ބައިސްކޯފުން އައު އަހަރުގެ ހަދިޔާއަކަށް ރޭ ރިލީޒްކުރި ކުރު ފިލްމު “ފީހާލި” މިއީ އަނެއްކާވެސް މޫމިންގެ ޓީމުން ކޮށްފައިވާ ފެންވަރުގެ މަސައްކަތެެކެވެ. ފިލްމު ފެށިގެން ނިމެންދެން އެއްވެސް ފޫހިކަމެއް ނެތި، ބަލަން އިންނަން ޖެހުނު، ސަސްޕެންސް ކްރައިމް ތުރިލާ އިން ފެނިގެންދިޔަ ހުރިހައި މަންޒަރެއް، ކޮންމެ ޑައިލޮގެއް، ތަރިންގެ އެކްޓިންއެއް ވެސް މިއީ ހަމަ ސީދާ ސަތޭކަ ދޭން މަޖުބޫރު ވާހާ މޮޅަށް ކޮށްފައިވާ މަސައްކަތްތަކެވެ.
ކުރު ފިލްމު “ފީހާލި”ގެ ކެމެރާކުރުމުން ފެށިގެން ގޮސް އެޑިޓިން އަދި ޑައިރެކްޝަން ވެސް ތަފާތުވެފައި މޮޅެވެ. ކުރު ފިލްމެއް ނަމަވެސް، ކޮންމެ ތަރިއެއްގެ ފަރާތުން ފެނިގެން ދިޔަ މަދު މަންޒަރުތަކުންވެސް ތަރިންގެ ހުނަރުވެރި އެކްޓިން ފާހަގަކޮށްލެވެއެވެ. އެގޮތުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ނަތާޝާ ޖަލީލު، އަލީ ފިޒާމް، އަހުމަދު އިޝާރް، މުހައްމަދު ޒުހުރީ އަދި ވާޝިޔާ މުޙައްމަދު (ޝިޔާ) އާއި އަލީ މުސްތަފާ (ސެމީ)ގެ ދަރިފުޅު އަނޫފް އަލީ މުސްތަފާގެ އެކްޓިން ވެސް ފާހަގަކޮށްލެވެއެވެ.
“ފީހާލީ” ގައި ދައްކައިދީފައި ވަނީ އަންހެން ކުއްޖެއްގެ ހަޔާތަށް އައި ކަންތައްގަނޑަކަށް ފަހު އެކުއްޖާ އެކަމުން ސަލާމަށް ވުމަށް، އޭނާގެ ކުރީގެ ލޯބިވެރިއެއްގެ ފަރާތުން އެހީ ހޯދައިގެން ސަލާމަތްވާން އުޅުމުގެ ތެރޭގައި ދެން ކުރިމަތިވާ ކަންތައްގަނޑެކެވެ.
ފިލްމުގެ ކުންނާއި ހަމައިން ފެށިގެން ގޮސް، ފިލްމު ނިމިގެން ޓައިޓްލްސް އެރުވިއިރު ވެސް އިންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިއީ މި ފިލްމުގެ މަސައްކަތް ތަކުގައި ހަރަކާތްތެރިވި ކޮޕީ އިއްސެ ބުނި ފަދައިން ‘އަ މަސްޓް ވޮޗް’ ފިލްމެއްކަން ޤަބޫލުކުރެވި، އެ ހިތްހަމަޖެހުން ލިބޭނީ ބައިސްކޯފަށް ވަދެ ފިލްމު ބަލައިލުމުންްނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ