އެންމެ ހެދުން ލައިގެން 100 ދުވަސް ވަންދެން އުޅުމަކީ ހަމަ ގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް މި އަންހެން މީހާ އެއް ހެދުން ލައިގެން 100 ދުވަސް ވަނީ ހޭދަކޮށްފައެވެ. އެކަމުގެ ސިއްރެއްވެސް އޮންނާނެތާއެވެ.

އެމެރިކާގެ ބޯސްޓަން އަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ މި އަންހެން މީހާ ވަނީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަން ދަމައިގެންފައެވެ. ވަރަށް އާދަޔާޚިލާފު ޗެލެންޖެއް ކޮށްގެންނެވެ. މިއީ 100 ދުވަސް ވަންދެއް އެއް ހެދުމެއްގައި ހުރުމަށް ކުރި ޗެލެންޖެކެވެ. ސާރާ ރޮބިންސް-ކޯލް މި ޗެލެންޖުގައި ބައިވެރިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ކަޅުކުލައިގެ މެރީނޯ ވޫލް ފޮތިން ވަރަށް އާދައިގެ ގޮތަކަށް ފަހާފައިވާ މި ހެދުން ލައިގެން ތިން މަސް ދުވަސް ސާރާ ހޭދަކޮށްލީ އޭނާގެ ދިރިއުޅުން ވަރަށް އާދައިގެ ގޮތަކަށް ބައްޓަންކޮށްލުމަށް ކަމަށް ދަ މިރަރ އަށް ސާރާ ބުންޏެވެ.

ސާރާ މަސައްކަތަށް ނުކުންނަނީ ވެސް އެ ހެދުމުގައެވެ. ފައްޅިއަށް ދަނީވެސް ހަމަ އެ ހެދުމުގައެވެ. ހިނގާލަން ދިޔަޔަސް ހަމަ އެ ހެދުމުގައެވެ. ކިރިމަސްގައިވެސް ހަމަ އެ ހެދުމެވެ. ނަމަވެސް ހެދުމުގެ މަތިން ބައެއް ފަހަރު އެހެން ކުލައެއްގެ ޖެކެޓެއް ލައެވެ. ނުވަތަ ހެދުމުގެ ތިރިން އެހެން ކުލައެއްގެ ސްކާޓެއް ލައެވެ. 100 ދުވަސް ވަންދެން  ހަމަ ކޮންމެ ދުވަހަކު އޭނާގެ ފޮޓޯއެއް ނަގައި އިންސްޓަގްރާމުގައި ކިތާބުވެސްކުރިއެވެ.

 

View this post on Instagram

 

A post shared by Sarah Robbins-Cole (@thisdressagain)

“އެންމެ ހެދުމެއްގައި 100 ދުވަސް ވާންދެންް އުޅުން ވެގެން ދިޔައީ ވަރަށް އަގުހުރި ފިލާވަޅެއް ލިބުނު ކަމަކަށް. އެކަމުން އެނގުނު ދިިރިއުޅުމަށް އަހަރެމެން ބޭނުންވަނީ ވަރަށް ކުޑަ މިންވަރެއްކަން.” އިންސްޓަގްރާމުގައި އޭނާ ލިޔެފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.