“އޯގަސްޓް މަހު އަހަރެން ކިޔި ޝާހްރުކް ޚާންގެ އިންޓަވިއުއެއްގައި ފިލްމު “ޒީރޯ” އަށްފަހުން އެހެން އެއްވެސް ފިލްމެއްގައި އޭނާ ސޮއިކޮށްފައި ނުވާކަން އެނގުމުން، ގޮތަކަށް އަހަރެން މޮޔަވި.” ހިއުމަންސް އޮފް ބޮމްބޭ އަށް ޖާޔަންތު ސީގް ބުނެފައިވެއެވެ.
ޖާޔަންތު ސީގް ހުރީ ވަރުގަދަ މިޝަނެއްގައެވެ. ޝާހްރުކް ޚާން އާއި ބައްދަލުކުރުމަށް ޝާހްގެ ގެ ‘މަންނަތު’ގެ ބޭރުގައި ފޭލިގެ ޖަހައިގެން ހުންނަން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ. ޝާހްރުކް ޚާންގެ ވަފާދާރު ސަޕޯޓަރެއްގެ އިތުރުން ބެންފަލޫރަށް ނިސްބަތްވާ ފްރީލާންސްކޮށް ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވާ ޖާޔަންތު ސީގް، ބޮލީވުޑްގެ ސުޕަަސްޓާ ޝާހްރުކްގެ ގޭގެ ދޮރާށި ކައިރީގައި ހުންނަތާ މިހާރު އެތަކެއް ދުވަހެއް ވެއްޖެވެ. އޭނާ ކަމަރުބަނދެލައިގެން ހުރީ ޝާހްރުކް ޚާން އާއި ބައްދަލުވުމުން ނޫނީ އެތަނުން ދުރަށް ނުދިއުމަށެވެ.
“އޯގަސްޓް މަހު އަހަރެން ކިޔި ޝާހްރުކް ޚާންގެ އިންޓަވިއުއެއްގައި ފިލްމު “ޒީރޯ” އަށްފަހުން އެހެން އެއްވެސް ފިލްމެއްގައި އޭނާ ސޮއިކޮށްފައި ނުވާކަން އެނގުމުން ގޮތަކަށް އަހަރެން މޮޔަވި.” ހިއުމަންސް އޮފް ބޮމްބޭ އަށް ޖާޔަންތު ސީގް ބުންޏެވެ.
“އަހަރެން ހިތަށް އެރި، އަހަރެންގެ ފިލްމެއްގައި އެސްއާރްކޭ އެކްޓުކުރުން ކިހިނެއްވާނެބާާއޭ؟ އެހެންވެ ހަމަ އެންމެ ރެއަކުން އަހަރެން ފިލްމުގެ ޕޯސްޓަރެއް ހަދައިގެން ޝާހްރުކް ޚާން އަށް ޓެގްކޮށްފަ ޓްވީޓްކޮށްލިން.”
ޖާޔަންތު ސީގް ކުރި ޓްވީޓާ ގުޅިގެން އިތުރު އެއްވެސް ކަމެއް ނުހިނގައެވެ. ޝާހްރުކްގެ ފަރާތުން އިޖާބައެއް ނުލިބެއެވެ. ނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލައެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު އޭނާ ބެންގަލޫރުން މުންބާއީއަށް ދިޔައެވެ. ޝާހްރުކް ޚާން އާއި ބައްދަލުކޮށް އޭނާ ލިޔުނު ސްކްރިޕްޓް ކިޔައިދިނުމުގެ ބޭނުމުގައެވެ. މުންބާއީ އަށް ގޮސް އޭނާ ޓެންޓްޖެހީ ހަމަ ސީދާ ޝާހްރުކް ޚާންގެ ގެ ކައިރީގައެވެ. އެތަނުގައި ހެނދުނު އިރުއެރީއްސުރެން ދަންވަންދެން އޭނާ ކޮޅަށް ހުރެއެވެ. އޭނާ އެހެން ހުރެހުރެ މިހާރު ޝާހްރުކްގެ ސެކިއުރިޓީ ގާޑުން ވެސް އޭނާއާ ރައްޓެހިވެއްޖެއެވެ.
“އެންމެފަހުން އަހަރެންގެ ހިތަށްއެރި، އޭނާގެ ފިލްމުތަކުގައި އޭނާ މަސައްކަތްކުރާ ގޮތަށް އަހަރެންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހެއޭ.” ޖާޔަންތު ބުންޏެވެ. “އެހެންވެ އަހަރެން މިތާ މިހުރީ، އަހަރެންގެ ފިލްމު ކުޅުމަށް އޭނާ (ޝާހްރުކް) ސޮއިކުރަންްދެން މިތަނުގައި އަހަރެން ހުންނާނަން.”
ޝާހްރުކް ޚާން އާއި ބައްދަލުކުރުމަށް ޖާޔަންތު ޖައްސައިގެން އުޅޭ މިޝަންއަށް ދީފައިވާ ނަމަަކީ “ޕްރޮޖެކް އެކްސް” އެވެ.
މިދިިޔަ އަހަރު ޑިސެމްބަރު 31 ން ފެށިގެން ޝާހްރުކްގެ ގެ ‘މަންނަތު’ގެ ބޭރުގައި ހުރެގެން ޖާޔަންތު ނަގާ ފޮޓޯތައް ޓްވިޓަރގައި އޭނާ އަންނަަނީ ހިއްސާކުރަމުންނެވެ. ހަމަ އެންމެ އުއްމީދެއްގައެވެ. އޭނާގެ ފިލްމު ކުޅުމަށް ޝާހްރުކް އެއްބަސްކުރުވިދާނެ ކަމުގެ އުއްމީދުގައެވެ.
Friends: New year plans?
Me: I am pitching my script to @iamsrk.How?#SRK #PROJECTX #MakeItCount pic.twitter.com/g1EBYmZu2K
— Jayanth Seege (@JayanthSeege) December 31, 2020
ޖާޔަންތު ޖައްސައިގެން އުޅޭ މިޝަންއަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތަރުހީބުދެމުންނެވެ. އެގޮތުން ބައެއް މީހުން ބުނީ ކޮންމެހެން ވެސް އެ ފިލްމު ބަލަން ބޭނުން ކަމަށާއި ސަބަބަކީ އެ ފިލްމުގައި ޝާހް އުޅޭތީ ނޫންކަމަށާ ޖާޔަންތުގެ ހިތްވަރަށް ސާބަސްދިނުމުގެ ގޮތުން ކަމަށެވެ.
މި ވަރުގަދަ މިޝަންގެ ސަބަބުން ޖާޔަންތުގެ ފޭނުންް އިތުރުވެ ބޮޑު މަޝްހޫރުކަމެއް ލިބެމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!