ޝާހްރުކް ޚާން އާއި މާބޮޑަށް ވެސް ވައްތަރު މީހެއްގެ ފޮޓޯއެއް މި ދުވަސްވަރު މީސް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. ފޮޓޯ ހިއްސާކުރާ މީހުން ބުނަނީ މިއީ ޕާކިސްތާނުގެ ކަޝްމީރުން ފެނުނު ޝާހްރުކް ޚާންގެ ނިބޫއެއް ކަމަށެވެ. ނުވަތަ ޓްވިން އެއް ކަމަށެވެ. އެހާ ބޮޑަށް ވެސް ބޮލީވުޑްގެ ބާދުޝާ އާއި ވައްތަރެވެ.
ފޭސްބްކް ބޭނުންކުރާ އެތަކެއް ބަޔަކު މި ފޮޓޯ ހިއްސާކޮށްފައިވެއެވެ. ކެޕްޝަންގައި ލިޔެލާފައިވަނީ؛ “ކަޝްމީރުގެ ކުއްޖެއް ބޮލީވުޑްގެ ބާދުޝާ ޝާހްރުކް ޚާން އާއި ވައްތަރުކަމުން އެކުއްޖާގެ ފޮޓޯ އިންތިހާއަށް ދައުރު އެބަވޭ.” މިހެންނެވެ. ބައެއް އޮންލައިން ނޫސްތަކުންވެސް މި ފޮޓޯއާ ގުޅޭ ޚަބަރުތައް ގެނެސްދީފައިވަނީ ހަމަ މިފަދައިންނެވެ. އޮންލައިން ނޫސްތަކުގެ ހިޓްސް މަތިކޮށްލެވޭނެތާދޯ އެވެ.
ނަމަވެސް ‘އިންޑިއާ ޓްޑޭ އެންޓި ފޭކް ނިއުސް ވޯރ ރޫމް (އޭއެފްޑަބަލިޔުއޭ) އިން މި ފޮޓޯގެ އަސްލު ހާމަކޮށް ޙަޤީޤަތް މިވަނީ ފަޅާއަރުވައިލާފައެވެ. ވައިރަލް ކޮށްލައިގެން މިއުޅޭ ފޮޓޯ އަކީ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ ފޭސްއެޕް FaceApp ބޭނުންކޮށްގެން ހަދާފައިވާ އެޑިޓެކެވެ. ތިޔަ ހީކުރި ގޮތަށް، ޝާހްރުކް ޚާންގެ ފޮޓޯއެއް ބޭނުންކޮށްގެންނެވެ. އެހެންވީމާ ޝާހްރުކް ޚާން އާއި ވައްތަރު ނުވާންވީ ސަބަބެއްވެސް ނޯންނާނެތާ އެވެ.
ވައިރަލް ކޮށްލުމަށް އެޑިޓްކުރި ފޮޓޯއަކީ އެތަކެއް ފަހަރަކު، އެތަކެއް ތަނެއްގައި ބޭނުންކޮށްފައިވާ ފޮޓޯއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
Ok