ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަރުގަދަ ފީޗާ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށަން ތައްޔާރުވާން ފަށައިފިއެވެ. “ފުރޭތަ”ގެ ނަމުގައި ހަދާ ފިލްމުގެ ޓައިޓްލް ޕޯސްޓަރެއް މިއަދުގެ ވަގުތެއްގައި ޑާކް ރެއިން އިން އާއްމުކޮށްފައިވެއެވެ.
ފިލްމު “ފުރޭތަ” އަކީ އަޙްމަދު ޠަލާލް (ތޮލް) ލިޔާ ސްކްރީންްޕްލޭއަކަށް ހަދާ ރިވެންޖް ސްޓޯރީއެއް ހިމެނޭ ފިލްމެއް ކަމަށް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް މަޢުލޫމާތު ދެމުން ހާމަކުރިއެވެ.
މި ފިލްމުގެ ޝޫޓިން އަދި ފަށާފައި ނުވާކަމަށާ ފިލްމުގެ ކާސްޓު ވެސް އެއްކޮށް ފައިނަލްކޮށްފައި ނުވާކަމަށް ވެސް މޮގާ ބުންޏެވެ.
“ފުރޭތަ” އަކީ 22 ފެބްރުއަަރީ 2022 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރާނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ.
“ފުރޭތަ އެއީ ތޮލް ލިޔެފަ އިން އެއްޗެއް. އެއީ ރިވެންޖް ސްޓޯރީއެއް.” ފިލްމުގެ އަސާސީ މަޢުލޫމާތު ހިއްސާކުރަމުން މޮގާ އިތުރަށް ބުނީ ކޮވިޑާއި ގުޅިގެން ބޭރުތެރޭގައި ނަގަންޖެހޭ ބައިތައް ހުރުމުން އަދި ފިލްމުގެ ޝޫޓިން ފަށާފައި ނުވާކަމަށެވެ.
ފިލްމު “ފުރޭތަ”އިގެ ޓައިޓްލް ޕޯސްޓަރު އާއްމުކޮށްފައިވާއިރު، ފިލްމުގެ ނަން ޖަހާލާފައި ވަނީ ވަރަށް ތަފާތު ފޮންޓަކުން، ތަފާތު ސްޓައިލެއްގައި ކަން ފާހަގަކޮށްލެވެއެވެ. ޓައިލްގައި ބޭނުންކޮށްފައިވާ ފޮންޓަކީ އަބްދުﷲ ޝަފީއު (އަބޯ) ތައްޔާރުކޮށްފައިވާ ފޮންޓެކެވެ. ޑާކް ރެއިންގެ ގިނަ ފިލްމުތަކުގައި ޓައިޓްލް ފޮންޓު ހަދާފައިވަނީ އަބޯއެވެ.
“ފުރޭތަ” އަކީ ވަރުގަދަ ނަމަކަށް ވާއިރު، މި ފިލްމު ހެދުމަށް މަސައްކަތް ފަށަން ތައްޔާރުވަނީވެސް ރާއްޖޭގެެ ފިލްމީ ދާއިރާގައި ދެވަނައެއް ނެތް ޕްރޮޑަކްޝަން ހައުސްއެކެވެ. އެހެންކަމުން މިއީ ބަދަލުހިފުމެއް ދައްކުވައިދޭ ވަރުގަދަ ފިލްމަކަށް ވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!