މިދިއަ އަހަރުގެ ސެޕްޓެމްބަރުގައި އެޅުވި ފިލްމު “ހައްދު” ގެ ޝޯތަކެއް އަނެއްކާވެސް އޮލިމްޕަހުގައި ދައްކަން ނިންމައިފި އެވެ. މިފަހަރު ފިލްމުގެ ޝޯތައް ބާއްވަނީ ޖެނުއަރީ 25 އިން ފެށިގެންނެވެ. އެގޮތުން ޖުމްލަ 10 ޝޯ ދެއްކުމަށް އޮލިމްޕަސް ނަގައިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
ޖެނުއަރީ 5 އިން ފެށިގެން ޓިކެޓް ވިއްކަން ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނީ ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ބުނީ ރަށްރަށުން އެދޭ ނަމަ ފިލްމު ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވިޝާން ބުނީ ކުރިން ފިލްމުން ނުފެންނަ މަންޒަރުތަކެއް ވެސް މިފަހަރު ދައްކާއިރު ހިމެނުން އެކަށީގެންވާ ކަމަށެވެ. “އަލުން އަޅުވާ އިރު، އެކަހަލަ ޗޭންޖަސްތަކެއް ފެނި ވެސް ދާނެ،” ކަނޑި ބުންޏެވެ.
މި ފިލްމުގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވި އަހުމަދު ޝިބާން އާއިއެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. “ހައްދު” އަލުން އޮލިމްޕަހަށް ގެންނަ އިރު، މި ފިލްމުގެ ޖުމްލަ 54 ޝޯ މާލެ ސަރަހައްދުގައި ދައްކާފައިވެ އެވެ. އަދި މިހާތަނަށް 89 ރަށަކާއި 10 ރިސޯޓެއްގައި ވެސް ފިލްމު ވަނީ ދައްކައިފަ އެވެ.
މި ފިލްމަކީ ޢަބްދުލް ފައްތާހް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމެވެ. މީގެ ދުވަސްކޮޅެއްކުރިން ފައްތާހް ވަނީ ފިލްމީ ދާއިރާ އާއި އަލްވަދާޢު ކިޔާފައެވެ. އެހެންކަމުން މިވަގުތު ‘ހައްދު’ ދެއްކުމުގެ ކަންތައްތަކުގައި އިސްވެ ހަރަކާތްތެރި ވަމުން އަންނަނީ ވިޝާން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!