އޯކޭޒް އިންކް އާއި ބައިސްކޯފުން ގެނެސްދޭ ސިޓްކޮމް ”ކަރުހަކުރު”ގެ ސީޒަން 03 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސީޒަން ފިނާލޭ އެޕިސޯޑް ނިމިގެން ދިޔައީ ޑިޓިއުން ބޭންޑްގެ މެންބަރުންގެ ފޯރިގަދަ ހުށައެޅުން ތަކަކާ އެކުގައެވެ.

މި އެޕިސޯޑްގެ ބޮޑު ވާހަކައަކީ ނާއީ އާއި ލިއުގެ ވާހަކައެވެ. އެހެންކަމުން އެވާހަކަ އިހަށް ބާއްވާނަމެވެ.

ވާރޭ ވެހެން ފެށުމުން ޒުވާނުންތަކެއް ގޮސް ވަންނަނީ ރަޝީދުގެ އާއިލާއިން ހިންގަމުން އަންނަ ފިހާރަައަށެވެ. ފިހާރައަށް އެމީހުން ވަންނަ އިރު އެތަނުގައި ހުންނަނީ ޒެކްގެ ރޯލުން ފެނިގެންދާ ޢަލީ އާޒިމް (ދޮން އައްޔަ) އެވެ. ނަމަވެސް މި ސީރީޒްގައި ޒެކްގެ ވިސްނުން ހުންނަ ގޮތުން، އެމީހުން އެއީ ކޮން ބައެއް ކަމެއް ޒެކަށް ރޭކައެއް ނުލައެވެ. އެހެން ނަމަވެސް ނާއިފްގެ ކޮއްކޮ ނާފިއުއަށް އެއީ ކޮން ބައެއްކަން އެނގެއެވެ.

ޑިޓިއުން ބޭންޑުގެ މެންބަރުން، އެ ފިހާރަ ތެރޭގައި ތިބެގެން އެމީހުންގެ ލަވައެއް ޖައްސައެވެ. އޭގެ ފަހުން ރަޝީދުގެ އާއިލާގެ ސިޓިންރޫމުގައި އެ ބޭންޑުން ޕާފޯމްކުރެއެވެ. ބޭންްޑާއެކު ރަޝީދުގެ އާއިލާގެ މެންބަރުން ވެސް ނިކަން ފޯރި ނަގައެވެ.

ޑިޓިއުން ބޭންޑްގެ ފޯރިނެގުމަށްފަހު، އެންމެން ހަމަޖެހިލާ ވަގުތު ބޭންޑުގައި ހިމެނޭ ހަމައެކަނި އަންހެން މެމްބަރު ފާތުމަތު ފެޒްލީން (ފެޒޫ) ކައިރިއަށް ޒެކް ޖެހިލައެވެ. ފެޒޫ އާއި ފްލަރޓްކުރަން ފަށައެވެ. ނަމަވެސް ފެޒޫގެ ސަމާލުކަމެއް ލިބިގެނެއް ނުދެއެވެ.

ސީރީޒް ނިންމައިލަނީ ޒެކް ބުނެލާ ވަރުގަދަ ބަސްކޮޅަކުންނެވެ. ޒެކް ބުނެލާ ޖުމްލައިގެ މާނައެއް ނޭނގުނަސް، އެ ޖުމްލައިން އިޝާރާތްކުރަނީ މި ސީރީޒްގެ ހަތަރުވަނަ ސީޒަންގައި ފެޒޫ ވެސް ފެނިގެން ހިނގައިދާނެ ކަމަށް މާނަކުރެވޭ ޖުމްލައެކެވެ.

ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ”ކަރުހަކުރު” ލިޔަނީ މަހްދީ އަހްމަދު އެވެ. ޑައިރެކްޓްކުރަނީ މުޙައްމަދު މުންތަސިރު (މުންކޮ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.