ޅެންވެރީންގެ ބަހާރުގެ ނަމުގައި އިއްޔެރޭ ވީޓީވީން ކުރިއަށް ގެންދިޔަ ޅެންވެރީންގެ އިވެންޓްގައި ޅެންވެރީންގެ ފަރާތުން ހުށައެޅި ”ފަރުދީ ޒިންމާ” މި ލަވަޔަކީ މުޖުތަމައުއަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދިން ލަވައެކެވެ. އެގޮތުން މި ލަވައިގައި ސައިކަލް ގެއްލުނީ ތިމާ ގެ ފަރުވާ ކުޑަކަމުންކަން ބުނެދެއެވެ. އޭގެތެރޭގައި ސައިކަލް ޕާކު ކުރާއިރު ސައިކަލުގެ ތަޅުނުލައި ހުރުމާއި ޑީލޮކު ނުކޮށް ހުރުމާޢި ސަޓަލޮކު ނުކޮށް ހުރުމުން ސައިކަލު ވަގަށް ގެންދިއުމުގެ ފުރުސަތު ބޮޑުކަން ހާމަވެގެން ދެއެވެ. މީގެ އިތުރުން ލައިސަންސު ނެތި ސައިކަލު ދުއްވުމާއި އިންޝުއަރޭންސް ނުކޮށް ދުށްވުމުން އެއީ ކުށެއްކަމަށް ބުނެދެއެވެ.

ސައިކަލު ގެއްލިގެން އުޅޭ ސައިކަލުގެ ވެރިފަރާތަށް ދެން ހަދާނެގޮތް ނޭގުމުން އަމަލުކުރަންވީ ގޮތް މި ލަވައިގައި ބުނެދެއެވެ. އޭގެތޭގައި ސައިކަލުގެ ކުލަޔާއި ވައްތަރާއި، ސައިކަލު ޕާކުކޮށްފައި ހުރިތަނާއި ސައިކަލުގެ ވެރިމީހާ ފަދަ މައުލޫމާތު ތަކާއެކު ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ދިއުމަށް ބުނެދެއެވެ.

މި ލަވަ ނިންމާލަމުން ވަރަށް ރަނގަޅު މެސެޖެއް ފޯރުކޮށް ދިނެއެވެ. އެއީ ސައިކަލު ފަދަ އަގުބޮޑެތި މުދާ ވަގަށް ގެންދިޔަ ނުދިނުމަށް ބާރުއަޅާ ފަރުދީ ޒިންމާ ނެގުމުގެ މުހިންމު މެސެޖެވެ.

މި ލަވަ ކިޔާފައި ވަނީ އަހްމަދު ނާފިއު އަދި ޔާސިރު އެވެ. މިއުޒިކް ރެކޯޑިންގ ހެދާ އިއްލެ އެވެ. ވީޑިޔޯ އެޑިޓިންގ ހެދީ މާއެނބޫ އެވެ.

ލަވައިގެ މަންޒަރުތަކުގައި ފެނިގެންދަނީ އަރަމުން އަންނަ ޒުވާން ޅެންވެރިޔާ ހާޝިމް އެވެ. ލަވަ ހަދާފައި ވަނީ ނާފިއު އެވެ.

https://www.facebook.com/MuniAvas/videos/165979301626636

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.