ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ޝޫޓިންގ ހުއްޓިފައި އޮތް ބޮލީވުޑް ފިލްމު “ދޯސްތާނާ 2″ގެ ޝޫޓިންގއަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ފިލްމުގެ އެންމެ ފަހުގެ ޝޫޓިންގތަކަށް މިދިޔަ މާރޗް މަހު ޔޫކޭއަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ކޮވިޑް-19އާއި ގުޅިގެން ޝޫޓިންގ ވަނީ ފަސްކޮށްފައެވެ. އެންމެފަހުން ލޮކްޑައުންއަށްފަހު މިމަހު ލަންޑަނަށް ޝޫޓިންއަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ކޮވިޑްގެ ދެވަނަ ރާޅާއެކު އަނެއްކާވެސް މިވަނީ ފުރުން ކެންސަލް ކޮށްފައެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ފިލްމުގެ ޓީމުން ވަނީ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ކާތިކް އާރްޔަންއާއި ޖާންވީ ކަޕޫރް އަދި ލަކްޝް ލާލްވާނީގެ ފަރާތުން ފިލްމަށް ބޭނުންވާވަރަށް ދުވަސް ނަގާފައެވެ. އަދި އަވަސް މުސްތަޤުބަލެއްގައި ޔޫކޭގައި ޝޫޓިންގ ކުރިއަށް ގެންދެވެން ނެތުމުން މިހާރު ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ފިލްމަށް އާ ލޮކޭޝަންތަކެއް ހޯދަމުން އަންނަކަމަށްވެއެވެ. އަދި މި މަސް ނިމޭހާ ތާނގައި ފިލްމުގެ އެންމެފަހުގެ ޝޫޓިންގތައް ފަށާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިހާރު ޖާންވީ ކުރަމުންދަނީ ޑީޕަކް ދޮބްރިޔާލްއާއި މީތާ ވަޝިސްތު، ނީރަޖް ސޫދާއި ސުޝާންތު ސިންގއާއެކު ލީޑް ރޯލުން ފެނިގެންދާ “ގުޑް ލަކް ޖެރީ”ގެ މަސައްކަތެވެ. މީގެ އިތުރުން ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ރޫހީ އަފްޒާނާ” އަދި ކަރަން ޖޯހަރްގެ “ތަޚްތު” ހިމެނެއެވެ.
ކާތިކް ދެން އެންމެ އަވަހަށް ފެންނާނީ އަރްޖުން ޕާތަކް ނަމަކަށް ކިޔާ ނޫސްވެރިއެއްގެ ރޯލު ކުޅުނު ރާމް މަދްވާނީގެ “ދަމާކާ” އިންނެވެ. ދަމާކާގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ބޫލް ބުލައްޔާ 2″، “ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ 2” އަދި “ޕިޔާރް ކާ ޕަންޗްނާމާ 3” ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”