ސަމާޙް ނަތާއާއި ރަށްޓެހިވެގެން އުޅޭކަން ނާދިޔާގެ ފަރާތުން ނަތާގެ ބައްޕައަށް އެގުނެވެ. މިކަމާ ބައްޕަ ވަރަށް ރުޅި އައެވެ. އަދި އިންކާރު ކުރިއެވެ. އަދި ރޭގަނޑު ނަތާ ބޭރުގަ އުޅުން މަނާކުރިއެވެ. ބައްޕަގެ ނުރުހުންތަކާއި ބައްޕަގެ ޝަކުވާތަކުން ނަތާގެ ސިކުނޑި ސުމަކަށް ދިޔަކަލަހަލެވެ. އަދި މީހަކާ ރައްޓެހިވެވޭނީ ކިޔަވާ ނިންމާލުމަށްފަހުގައި ކަމަށް ނަތާގެ ބައްޕަ ނަތާ ގާތު ބުނަމުން ދިޔައެވެ. ނަމަވެސް މިވާހަކަތައް ނަތާ ސަމާޙްއަށް ކިޔައިދެމުން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ބައްޕަ ނަތާއަށް އެއްޗެހި ކިޔާވާހަކައާއި ނަތާއަށް އަނިޔާކުރާ ކަމަށް ބުނެއެވެ. މިވާހަކަތައް ނަތާ ސަމާޙްއަށް ކިޔައިދިނުމުން ސަމާޙް ވަރަށް ހައިރާން ވިއެވެ. އަދި ވަރަށް ރުޅިއައިސް ނަތާގެ ބައްޕައާއި ސަމާޙް ގުޅިއެވެ. ސަމާޙް ނަތާގެ ބައްޕައާއި ގުޅުމުން ނަތާއާއި ރައްޓެހިވެގެން އުޅުމަކީ މިހާރު އެހާ ރަނގަޅުކަމެއް ނޫންކަމަށް ބުނެ ނަތާގެ ބައްޕަ ސަމާޙްއަށް ނަސޭހަތްތެރިވިއެވެ.
ނަމަވެސް ކަންވީ ވަރަށް ދެރަކޮށެވެ. ސަމާޙް ނަތާގެ ބައްޕައަށް ގުޅިކަން ނަތާއަށް އެގިއްޖެއެވެ. ބައްޕަ ނަތާއާއި ދިމާލަށް އެއްޗެހިކިޔުމާއި ސަމާޙް ބައްޕައަށް ގުޅިކަން އެއީ ނަތާގެ ބަދު ނަސީބަށް ވެގެން ދިޔައެވެ. ބައްޕަ އެދެމުން ދިޔައީ ކިޔަވާ ނިމުމުންނޫނީ މީހަކަ ރައްޓެހި ނުވުމަށެވެ.
މިވާހަކަތައް ސަމާޙް ކައިރީ ބުނާނީ ކޮންގޮތަކުން ބާވައެވެ. އަހަރެންނަށް ދެން ސަމާޙް އާއި ރުޅިވެވޭނެ ބާވައެވެ. އަހަރެން މިހުރީ ސަމާޙް ދޫނުކޮށްލާނެކަމަށް އެތައް ވަޢުދުތަކަކާއިއެކު ހުވާކޮށްފައެވެ. އެތައް ފަހަރެއްގެ މަތިން ސަމާޙްއާއި ރުޅިވާން މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު ދުރެއް ނުވެވުނެވެ. ލޯތްބަކީ ގަދަފަދަ ބާރެކެވެ. ނަތާގެ ހިތުގައި މިފަދަ ސުވާލުތަކެއް އުފެދުނު ނަމަވެސް ނަތާ ބޭނުންވީ ބައްޕަގެ އެދުމަށް ފުރަގަސް ނުދިނުމަށެވެ. އެހެންކަމުން ސަމާޙްގެ ކައިރީ މިވާހަކަތައް ކިޔައިދިނެވެ. މިވާހަކަތައް އަޑުއަހާފައި ސަމާޙް ފެންކަޅިވިއެވެ. އަދި އިޝްޤީ ނަޒަރަކުން ނަތާއާއި ދިމާލަށް ބަލަން ހުރެފައި ނަތާގެ ގައިގައި ބައްދާލެވުނެވެ. އަދި ކިތަންމެ ދުރުގައި ހުއްޓަސް ނަތާދެކެ ލޯބިވާނެކަމަށް ގަންދީ ހުވާކުރިއެވެ. ނަމަވެސް ނަތާ މުޅިން ތަފާތެވެ. ނަތާ ބުނަމުން ދިޔައީ ކިޔެވުން ނިމެންދެން އިންތިޒާރު ކުރުމަށެވެ. ސަމާޙްއަށް ކެތްކުރެވޭނެ ހެއްޔެވެ.
ސަމާޙްގެ ހިތުގައި މިސުވާލުތަކަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ބުނާނެއެއްޗެއް ނޭގި ހުރެ އެންމެ ފަހު ފަހަރަށް ނަތާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ނަތާ ބުންޏެވެ. ފޯނަށް ގުޅުން ހުއްޓާލާށެވެ. ސަމާޙް ބުންޏެވެ. ނަތާއެވެ. ކިޔެވިޔަސް މިގުޅުން ދެމެހެއްޓިދާނެއެވެ. މިއީ މައްސަލައެއް ނޫނެވެ. އެވަގުތު ނަތާ ވަރަށް މާޔޫސްވެހުރެ ބުނަމުންދިޔައެވެ. ލޯތްބަކީ ކުރެވޭ އިންތިޒާރެކެވެ. ލޯބިވާނަމަ ކެތް ކުރާނެއެވެ. ނަތާމިހެން ބުނުމާއެކު އަސަރުން ފުރިފައިވާ ރާގަކަށް ސަމާޙް ބުނެލިއެވެ. ދުރުގަ ހުއްޓަސް މިހިތާވަނީ ނަތާގެ ނަމެވެ. ހުވާކޮށްފައި ބުނަމެވެ. ލޯބިވަމެވެ. ސަމާޙް ނަތާދެކެ ވާލޯބި ނަތާއަށް އިހްސާސް ކުރެވުނީ ދެނެވެ. ކެތްނުކުރެވިގެން ނަތާ ދުވެފައި އައިސް ސަމާޙްގެ ގައިގައި ބައްދާލިއެވެ. އަދި އުފަލުން ނަތާއަށް ރޮވުނެވެ. އަދި އިސްޤީގެ ނަޒަރަކުން ސަމާޙްއަށް ބަލާލުމަށްފަހުނ ބުންޏެވެ. ހުވާކޮށްފައި ބުނަމެވެ. އަހަރެން ސަމާޙް ދެކެ އިންތިހާއަށް ލޯބިވަމެވެ. އިންތިޒާރު ކުރާށެވެ.
–ނިމުނީ-
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު
Wow very nice story but ending not that good and hope to see a new story of you keep it up