ދިވެހިބަހުގެ ޤަވާޢިދު ބުނާގޮތުން ސުކުން ކުރެވޭ އޮންނަނީ ފަސް އަކުރެވެ. އެއީ މަޝްހޫރު “އާސީނުތަށި” މި ލަފުޒުގައި ހިމެނޭ ފަސްއަކުރެވެ. މި އަކުރުތަކުގައި ސުކުންކުރެވޭ ވަކި ޚާއްޞަ ހަމަތަކަކާ އުޞޫލުތަކެއް ވެއެވެ. ހަމަ އެހެންމެ ބޭރުގެ ލަަފުޒުތައް ތާނައިން ލިޔާއިރު، ބައެއް ލަފުޒުގައި ސުކުންކުރަން ބަލާއިރު، މި ދެންނެވި “އާސީނުތަށި” މި ލަފުޒުގައި ހިމެނޭ ފަސް އަކުރު ފިޔަވައި ހާށަވިޔަނީގެ ހަމަ ކޮންމެ އަކުރެއްގައިހެން ސުކުން ކުރެވޭ އުޞޫލެއް އޮވެއެވެ. ނަމަވެސް ބޭރުގެ ބަސްބަހުގައި ހިމެނޭ ބައެއް ލަފުޒުތައް ލިޔާއިރު، އސނތށ ގައި ސުކުން ކުރުމުންވެސް މައްސަލަ ނުކުންނަގޮތް ދިމާވެއެވެ. މިއީ އަދުގެ ޒުވާން ލިޔުންތެރިންނަށް އޮޅުންއަރާ ނުވަތަ ރަނގަޅަށް ފަހުމުނުވެ އޮންނަ ކަމެއް ކަމަށް ބެލެވެއެވެ.
މިސާލަކަށް ބަލައިލަމާ ހިނގާށެވެ.
* ‘މިނިސްޓުރީ’ (ministry) – މިހެން ލިޔުނީމާ މި ލަފުޒަށް އައިބުކަަމެއް ނުވަތަ ‘އޮޑް’ކަމެއް އެބަ އާދެއެވެ. އެހެންކަމުން ‘މިނިސްޓްރީ’ ލިޔުން ރަނގަޅުކަމަށް ފެނެއެވެ.
* ‘އޮފު’ (of) – މިހެން ލިޔުމުންވެސް އައިބެވެ. އެހެންކަމުން ‘އޮފް’ ލިޔުނީމާ އެ އައިބުކަން ކެނޑެއެވެ.
* ‘ހެލްތް’ (health) – މިހެން ލިޔުމުން އަޅުގަނޑަށް ފެންނަ ފެނުމުގައި އެ ލިޔެވުނީ “ހެލްތު’ މި ލަފުޒެއް ނޫނެވެ. ތ ގައި ސުކުން ކުރެވުމުން މި ބަސް ކިޔޭގޮތް އަޅުގަނޑަށް ކިޔާންވެސް އުނދަގުލެވެ. އެހެންކަމުން health ލިޔާން ޖެހޭނީ ‘ހެލްތު’ މިހެންނެވެ. ހަމަ ގައިމުވެސް، “ޔޫތް” ލިޔުނީމާ “ޔޫތު” އަށް ވާނޭ ގޮތެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ހަމަ ނުވިސްނެއެވެ.
މި ދެންނެވި ފަދަ ގިނަގުނަ މިސާލުތައް ކޮންމެ ދުވަހަކުހެން ދިވެހި ނޫސްތަކުން ފެންނަމުން ދެއެވެ. ނަމަވެސް އެއީ އެންމެ ރަނގަަޅުގޮތް ކަމަށް ނުވެދާނެއެވެ. އަދި ކިއެއްތަ؟، އެއީ މުޅިން ނުބައި ގޮތްކަމަށް ވެސް ވެދާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ޔޫތު yooth މީ އިންނާނެ ގޮތަކީ! ޔޫތް ނުކިޔޭނެ!
އަލިފުހާ.. ދިވެހިބަހުގައި ލިޔެފައި އޮންނާނި. ނުއެއް އިންނާނެ. އިނުން ހުރުން އޮތުން ދަސްކުރަން ޖެހޭ.