ނިމިދިޔަ 2017 ވަނަ އަހަރަކީ ދިވެެހި ފިލްމީ ސިނަމާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. ސިނަމާތަކަށް ފިލްމު ރިލީޒް ވެގެން ދިޔަ މިންވަރު ތިޔާގި އަހަރެކެވެ. އެތައް ފިލްމުތަކެއް ރިލީޒްވެގެން ދިޔައީ ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހަކާއި އެކުގައެވެ. 2017 ވަނަ އަހަރު ރިލީޒްވި ފިލްމުތަކުން ތިން ފިލްމެއް ހިމަނައިގެން މުނިއަވަސް އިން މިވަނީ ބެލުންތެރިންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ދިރާސާ އެއް ކޮށްފައެވެ.

2017 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަކީ ކޮބައިތޯ ބަލައިލުމަށް ޚިޔާލު ހޯދުމުގެ މި ވޯޓްގައި ބައިވެރިކުރި ތިން ފިލްމަަކީ ‘ނޯޓީ40’، ‘ހައްދު’ އަދި ‘ބޮސް’ އެވެ. މި ތިން ފިލްމު ހިމަަނައިލީ މިއީ އެންމެ ވާދަކޮށްފައިވާ ތިން ފިލްމު ކަމަށް ބަލާފަ އެވެ.

ޚިޔާލު ހޯދުމުގެ މި ވޯޓްގައި ބެލުންތެރިންނަށް ހުށައެޅީ ދެ ސުވާލެކެވެ. ކޮންމެ ސުވާލެއްވެސް ވާނީ 100 މީހުންނާއި ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، އެކި ސަރަޙައްދުތަަކަށް ނިސްބަތްވާ 100 މީހުންނާއި އަންނަނިވި ދެ ސުވާލު ކޮށްލީމެވެ.  

ސުވާލު 1: އަންނަނިވި ފިލްމުތަކުން ބެލީ ކޮން ފިލްމެއް (ފިލްމު ތަކެއް)؟

ހ – ބޮސް

ށ – ހައްދު

ނ – ނޯޓީ40  

މި ސުވާލުގެ ޖަވާބުގައި 100 މީހުންގެ ތެރެއިން 90 މީހުން ބުނީ އެމީހުން ‘ނޯޓީ40’ ބެލިކަމަށެވެ. 25 މީހުން ފިލްމު ‘ބޮސް’ ބަލާފައި ވާއިރު، 19 މީހުން ފިލްމު ‘ހައްދު’ ބަލާފައިވެއެވެ.

އެންމެ ގިނަ މީހުން ބަލާފައިވާ ފިލްމަކަށް ނޯޓީ40 ވެފައިވާާއިރު ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ މި ފިލްމަކީ ލީކްވެ، ޔޫޓިއުބް ގައި އާއްމުވެފައިވާ ފިލްމެއް ކަމެވެ. އެހެންކަމުން، 2017 ވަނަ އަހަރު ރިލީޒްކޮށްފައިވާ މި ތިން ފިލްމުގެ ތެރެއިން އެންމެ ގިނަބަޔަކު ބަލާފައި ވަނީ ‘ނޯޓީ40’ އެވެ.

 

ޚިޔާލު ހޯދުމަށް ދެން ކޮށްފައިވަނީ އަންނަނިވި ސުވާލެވެ.

ސުވާލު 2: މި ތިން ފިލްމުގެ ތެރެއިން އެންމެ ރަނގަޅު، އަދި އެންމެ ބޮޑަށް ކަމުދިޔައީ ކޮން ފިލްމެއްތޯޯ؟

މި ސުވާލުގެ ޖަވާބުގައި 66 މީހުންނަށް އެންމެ ރަނގަޅު، އަދި އެންމެ ބޮޑަށް ކަމުދިޔަ ފިލްމަކަށްވީ ‘ނޯޓީ40’ އެވެ. 26 މީހުންނަށް ފިލްމު ‘ބޮސް’ އެންމެ ރަނގަޅު، އަދި އެންމެ ބޮޑަށް ކަމުދިޔައިރު، ފިލްމު ‘ހައްދު’ ކަމުދިޔައީ އެންމެ 04 މީހުންނަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.