ރާއްޖޭގައި ކޮވިޑް-19 އަށް ދޭ ވެކްސިންދޭން ފަށައިފިއެވެ. ރާއްޖޭގައި ދޭން ފަށާފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި ސިންގަޕޫރުގެ އެކްސްޓްރާ ޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިންއެކެވެ.
ކޮވިޑް-19 ވެކްސިން ރާއްޖެއިން އެންމެ ފުރަތަމަ ޖެއްސެވީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. ޝިރާނީ ވިދާޅުވީ ވެކްސިން ޖެހުމަށް އިސްނެންގެވީ މުޖުތަމަޢަށް މިސާާލުދެއްކެވުމަށް ކަމަށެވެ. ވެކްސިން ޖެހުމުން އިތުރު އެއްވެސް މައްސަލަައެއް ދިމާނުވާކަމަށް ވެސް ޝިރާނީ ވިދާޅުވިއެވެ.
ކޮވިޑް-19ގެ ވެކްސިން ޕްރޮގުރާމު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. އެމަނިކުފާނު ވެކްސިން ޖައްސަވާފައިވަނީ މިއަދު ހެނދުނު 9:29ގައެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު، އުއްތަމަ ފަނޑިޔާރު މުޢުތަސިމު އަދުނާނު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވެކްސިން ޖެއްސެވިއެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓުއުޓްގައި ތައްޔާރުކޮށްފައިވާ “ކޮވިޝީލްޑް” ވެކްސިންގެ އެއްލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މިވެކްސިން ޖެހުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި މިއަދު ވެކްސިން ޕްރޮގްރާމުު ފަށާފައިވާއިރު، އައްޑު އާއި ކުޅުދުއްފުށި އަދި ރާއްޖޭގެ އެހެނިހެން ބައެއް ސަރަހައްދުތަކުގައިވެސް ވެކްސިން ޖަހަން ފަށާފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!