ވިކްރާންތު މާސޭއާއި ވިޖޭ ސެތުޕަތީ ލީޑް ރޯލުން ފެނިގެންދާ “މުމްބާއީކަރް”ގެ ޝޫޓިންގ ފެބްރުއަރީ 27 އަށް ނިންމަން އަމާޒު ހިފައިފިއެވެ.

މުމްބާއީކަރްއަކީ އެކްޝަން ތުރިލާއެއް ކަމަށާއި މި ފިލްމުގައި ވިކްރާންތު މާސޭ ފެނިގެންދާނީ މީގެ ކުރިން އޭނާގެ ފޭނުންނަށް ފެނިފައިނުވާ ގޮތަކަށްކަމަށް ފިލްމުގެ ޕްރޮޑިއުސަރު ޝިބޫ ތަމީން ބުނެފައިވެއެވެ. ވިކްރަންތު ކުޅެނީ ރުޅިގަދަ ޒުވާން ފިރިހެނެއްގެ ރޯލު ކަމަށާއި ވިޖޭ ސެތުޕަތީއާއި ދެމީހުން އެކުގައި ސްކްރީނުން ބަލާލަން ވަރަށް ޝައުޤުވެރިވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ފިލްމުގައި ގިނަ އަދަދެއްގެ އެކްޝަން މަންޒަރުތަކެއް ހިމެނޭނެކަމަށާއި ބޭކާރު މަންޒަރުތަކެއް ނުހިމެނޭނެކަމަށްވެސް ޝިބޫ ބުނެފައިވެއެވެ. އޭގެ އިތުރުން މި ފިލްމުން މުޅިން އާ އެކްޓަރެއްވެސް ތަޢާރަފު ކުރާނެއެވެ.

“ފިލްމުގެ ބޮޑުބައި ޝޫޓްކުރާނީ އިރުއޮއްސުމަށްފަހު. ޤަބޫލުކުރެވޭނެ ސަންތޯޝް މުމްބާއީގެ ރޭގަނޑާއި ވާރޭކިހާ ފުރިހަމަކޮށް ގެނެސްދޭނެކަން. ފިލްމު ޝޫޓްކުރަނީ އެއް ޝެޑިއުލްއަކަށް. ޖެނުއަރީ 10 އިން ފަށައިގެން މި އުއްމީދުކުރަނީ ފެބްރުއަރީ 27 އަށް ނިންމާލެވޭނެކަމަށް. މިވަގުތަށް އަހަރެމެން މި ބަލަނީ މެއި 27 ގައި ސިނަމާތަކުގައި ރިލީޒްކުރަން.”

ޝިބޫ ބުނެފައިވެއެވެ.

ވިކްރާންތު މާސޭއާއި ވިޖޭ ސެތުޕަތީގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނީ ސަންޖޭ މިޝްރާއާއި ރަންވީރް ޝޯރޭއާއި ތާންޔާ މަނިކްތާލާއާއި ސަޗިން ކޭޅްކަރްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.