ފްރެންޗައިޒް ޝޯވ ‘އިންޑިއަން އައިޑަލް’ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބީޖީތު ސާވަންތު، މުނިއަވަސް ގައި ލިޔުނު އޭނާގެ ޚަބަރެއް ރީޓްވީޓްކޮށްފިއެވެ. މިއީ ޓްވިޓާގައި ހިއްސާކުރި މުނިއަވަސްގެ އާޓިކަލް އެއް ބައިނަލްއަޤްވާމީ ފެންވަރުގެ އާޓިސްޓަކު ރީޓްވިޓްކޮށް އެއަށް ރައްދަމަލެއް ދިން ފުރަތަމަ ފަހަރުކަން މުނިއަވަސް އިން ފާހަގަކުރަނީ މުނިއަވަސްގެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައެވެ.
އަބީޖީތު ސާވަންތުގެ ވެރިފައިޓް ޓްވިޓާ އެކައުންޓުން ރީޓްވީޓްކޮށްފައިވަނީ މި އަހަރު ޖެނުއަރީ މަހު 28 ވަނަ ދުވަހު، މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ ނަސީރު ޝާއިޢުކުރި “އިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި” މި ޚަބަރު ޓްވިޓާގައި ހިއްސާކޮށްފައިވާ ލިންކެވެ. އަބީޖީތުގެ މި ރީޓްވީޓް ފެނުމުން ސަޒްރާ ވެސް ހުރީ އުފަލުން ފޮޅިފައެވެ. މިކަމާމެދު އުފަލުން ފޮޅިފައި ހުރި ސަޒްރާ ބުނީ އުފަލުންގޮސް ބުނާާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް އެންމެ ވަރުގަދައަށް ކަވަރކުރަމުން އަންނަ މުނިއަވަސް އޮންލައިންގެ އާޓިކަލް އެއް އަބީޖީތު ފަދަ އާޓިސްޓެއް ރީޓްވީޓް ކުރުމަކީ މުނިއަވަސް ޓީމުން އެކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކެވެ.
“މުނިއަވަސް އަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި އޮންލައިން ނިއުސްއަށް ވީއިރު، އަޅުގަނޑުމެންގެ ޚަބަރުތައް ޓާގެޓްކުރެވޭ ފަރާތްތަކުން ބަލައިގަންނަކަން އެނގިގެން ދިއުން މީ ހަމަ ހަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށް ކުޑަކުޑަ ކަމެއް ނޫން. މިއީ އަޅުގަނޑުމެންނަށް އަމާޒުވެ ލިބުނު ބޮޑު ބްރޭކިން ނިއުސްއެއް ފަދަ ކަމެއް. ފަހަރުގަ މިކަން އެހެން ގޮތަކަށް ދެކޭ ބަޔަކުވެސް ތިބެދާނެ. ނަމަވެސް އަޅުގަނޑުމެން މާލީ މަންފާއެއް ނުލިބި ދެ އަހަރަށް ވުރެން ގިނަ ދުވަހު މި ކުރި މަސައްކަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު އަގެއް މިއީވެސް. ރާއްޖޭޭގެ އާޓިސްޓުންގެ ފަރާތުންވެސް މިފަދަ އެެއްބާރުލުން މިހާރަށް ވުރެންވެސް ބޮޑަށް ލިބިގެން ދިއުން ވެގެންދާނެ އަޅުގަނޑުމެން މި އޮންލައިން ހިންގުމަށް ލިބޭ އިތުރު ދިރުމަކަށް.” އަބީޖީތު ސާވަންތު ރީޓްވީޓްކުރި ރީޓްވީޓްކުރުމާމެދު މުނިއަވަސްގެ ފައުންޑަރ އަދި އެޑިޓަރ އަޙްމަދު ރަޝީދު ދެކޭގޮތް ހާމަކުރަމުން ފާހަގަކުރިއެވެ.
މުނިއަވަސް އިން ބޮލީވުޑްގެ ޚަބަރުތައްވެސް ކަވަރކުރަމުން އަންނަ އިރު، ރާއްޖެއަށް އަންނަ ބޭރުގެ ފަންނާނުންގެ ޚަބަރުތައް ކަވަރކޮށް، އެ އާޓިސްޓުންނަށާ ވިޒިޓް މޯލްޑިވްސް އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އަށް ޓެގްކޮށް ޓްވިޓަރ ގައި އަންނަނީ ހިއްސާކުރަމުންނެވެ. ހަމ އެހެންމެ މުނިއަވަސް އިން ލިޔާ ޚަބަރުތައް ރައްދުވާ ފަރާތްތަކަށް ޓެގްކޮށްފައި ޓްވީޓްކުރުމާއި ފޭސްބްކްގައި އާއްމުކުރުމަކީ މުނިއަވަސް އިން ފެށުނީއްސުރެން ގެންގުޅޭ އުޞޫލެއްކަން ފާހަގަކޮށްލެވެއެވެ.
އަބީޖީތު ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ސަން ޝިޔާމް އިރުފުށި ރިޒޯޓްގައެވެ. ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަބީޖީތު ވަނީ 2016 ވަނަ އަހަރު ލ. ފޮނަދޫގައި ބޭއްވި ޕީއެސްއެމް އީދު އުފާ ޝޯގައި ޕާރފޯމް ކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!
Muni Avas akee miadhu Dhivehi film industry ah emme bodah alikuraa eh voh