ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) އަލަށް ޑައިރެކްޝަން ހަދާފައިވާ ފިލްމު “ތިޔަ ލޯތްބާ ދުރަށް” އެޕްރީލް 21 ގައި އޮލިމްޕަހުގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.
ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ ފިލްމުގައި ލީޑް ރޯލުން ފެންނާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން އަދި ބަތަލާ މަރިޔަމް ޝަހްޒާ ވެސް ފެނިގެން ދާނެ އެވެ. އަދި އަދި ލަންކާ ފިލްމީތަރި އުދޭނީ ވެސް މި ފިލްމުގައި ބައެއް ކުޅެ އެވެ.
ފިލްމު ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް “ތިޔަ ލޯތްބާ ދުރަށް” އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ހަރަކާތްތެރިވަ ލަންކާގެ ބަޠަލާ އުދޭނީ
މި ފިލްމާއި މެދު މަރީ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.
“މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، އެހެންވީމަ މި ފިލްމު ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ.” އޭނާ ބުންޏެވެ.
މި ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނޭ އިރު އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ކުރިން ކިޔައިފައިވާ ދެ ލަވައެއް ވެސް ހިމެނެ އެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަ ލިޔުމަށް މަޝްހޫރު ލިޔުންތެރިއެކެވެ.

ފިލްމު ކުރޫ އާއި އެކު ލިޔުންތެރިޔާ/ޑައިރެކްޓަރ މަރިޔަމް މޫސާ – ފޮޓޯ: ތިޔަލޯތްބާ ދުރަށް ފޭސްބްކް ޕޭޖް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް