ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގައި ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން އެ ސެންޓަރުން ކުރަމުން އަންނަކަމަށް ހާމަކުރައްވައިފިއެވެ.
ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެންސީއޭ އިން ގެޒެޓްކޮށްފައިވާ އާއްމު މަޢުލޫމާތު ހިމެނޭ އެންގުމުގައި ދަންނަވާފައިވެއެވެ. އޭގެ އިތުރުން ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް އެޗް.ޕީ.އޭ އިން ޤާއިމްކޮށްފައިވާ ޕޯޓަލް https://my.health.mv ގައި ރަޖިސްޓްރީވުމަށް ވެސް އަންގަވާފައި ވެއެވެ.
އެން.ސީ.އޭ އިން ޤާއިމްކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ވަނީ ހަަމަޖެހިފައެވެ. ތިރީގައިވާ ދެ ލިންކުން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ރިޒޯޓް މިއުޒިކް ކުޅޭ ބައެއް ފަންނާނުންނަށް މިހާރު ވެކްސިން ދީފައިވާއިރު، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ ޔުމްނާ މަޢުމޫނު މިކަން ފާހަގަކުރައްވައި ވިދާޅުވީ ރިސޯޓަތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ވެކްސިން ދޭން ފެށުމަކީ އުފާވެރިކަމެއް ކަމަށާއި ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ބަޔަކީ ފަންނާނުން ކަމުގައިވާއިރު ފަންނާނުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ރިސޯޓަތަކަށް ގޮސް އާމްދަނީ ހޯދާ ފަންނާނުންނަށް ވެކްސިން ދޭން ފެށުމަކީ އުފާވެރިކަމެއް.ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ބަޔަކީ ފަންނާނުން ކަމުގައިވާއިރު ފަންނާނުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް މި ދަނީ މަސައްކަތް ކުރަމުން @MoACHmv @MoTmv #aaummeedhu pic.twitter.com/9YoGCpWRcL
— Yumna Maumoon (@yumna_maumoon) February 4, 2021
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!