“އަހަރެންގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އަހަރެންގެ ދަލާއި ލެއިން ހިތްވަރު ނެރުނިން.” ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2020ގެ ރަނަރަޕް ލިބުނު މަންޔާ ސިންހް ބުންޏެވެ.
މިދިޔަ ބުދަދުވަހުގެ ރޭ ބޭއްވި ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2020 މިފަހަރު ކާމިޔާބުކުރީ އިންޑިއާގެ ޓެލަންގަނާ އަށް ނިސްބަތްވާ އިންޖިނޭރެއް ކަމަށްވާ މަނާސާ ވަރަނަސީ އެވެ. ވީއެލްސީސީ މިސް ގްރޭންޑް އިންޑިއާ 2020 ލިބުނީ ހަރިޔާނާގެ މަނީކާ ޝިއޯކަންޑް އަށެވެ. މުބާރާތުން ރަނަރަޕް ލިބުނީ މަންޔާ ސިންހް އަށެވެ.
އުއްތަރު ޕްރަދޭޝްގެ ކުރޮޅި ޑްރައިވަރެއްގެ ދަރިއެއް ކަމަށްވާ މަންޔާ އަށް ރަނަރަޕް ލިބުމަކީ އޭނާއަށް ލިބުނު ކުޑަކުޑަ ކާމިޔާބީއެއް ނޫނެވެ. އެއީ އެތަކެއް ރެއެއްގެ ނިންޖާއި އެތަކެއް އަހަރެއްގެ ބުރަ މަސައްކަތަށް ލިބުނު ފޮނިފޮނި ނަތީޖާއެއް ކަމަށް އޭނާ ދެކެއެވެ. ކާމިޔާބުގެ އައްސޭރި ހޯދުމަށް މަންޔާ ކުރި ބުރަ މަސައްކަތް މީގެ ކުރިން އޭނާ ވަނީ ކިޔައިދީފައެވެ. އެހެން މީހުންނަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
“އަހަރެންގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އަހަރެންގެ ދަލާއި ލެއިން ހިތްވަރު ނެރުނިން.” ވީއެލްސީސީ ފެމިނާ މިސް އިންޑިއާ 2020ގެ ރަނަރަޕް ލިބުނު މަންޔާ ސިންހްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި މިދިޔަ އަހަރު ޑިސެމްބަރު މަހު ބުނެފައިވެއެވެ.
ކުޝީނަގަރަށް އުފަންވި މަންޔާގެ ޕޯސްޓްގައި އޭނާ ބުނެފައިވަނީ؛ އޭނާ ބޮޑުވަމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށާއި ކާއެއްޗެއް، ނިންޖެއް ނުލިބި އެތަކެއް ރެއެއް ހޭދަކުރަން ޖެހުނުކަމަށާ މަދު ފައިސާކޮޅެއް ރައްކާކުރުމަށްޓަކައި އެތަކެއް މޭލަކަށް ފައިމަގުގައި ހިނގާފައި އުޅުނުކަމަށެވެ. ފޮތާއި ހެދުން ލިބުމަށްވެސް އެދިއެދި އިންތިޒާރުކުރަން ޖެހުނުކަމަށާ ނަމަވެސް އެކަންކަން ވެސް އޭނާއަށް ހާސިލް ނުވިކަމަށް އޭނާ ބުންޏެވެ.
މަންޔާގެ ސްކޫލު އިމްތިހާނަށް ފީ ދެއްކުމަށްޓަކައި އޭނާގެ މައިންބަފައިންގެ އަތުގައި ހުރި މަދު ގަހަނާކޮޅު ރަހުނުކުރަން ވެސް ޖެހުނެވެ. ނަމަވެސް އެޗްއެސްސީ އިމްތިހާނުން އެންމެ މަތީ މާކްސް ހޯދި ދަރިވަރަކަށް އޭނާ ވިއެވެ. އޭނާ އަކީ ލައްކަ ގިނަ ހުރަސްތަކާއި އަޑިގުޑަން ރާސްތާތައް ކަޑައްތުކުރަން ޖެހުނު ކުއްޖެކެވެ. އެގޮތުން ސްކޫލަށް ފީ ދެއްކޭނެ ގޮތެއް ނެތިގެން އުޅެން ޖެހުމާއި، ފޮތްތައް ހަމަނުވެގެން އުޅެން ޖެހުމާއި، ކުރޮޅި ޑްރައިވަރެއްގެ ދަރިއަކަށް ވީތީ އޭނާގެ ކުލާސް ކުދިން އޭނާ އެކަހެރިކޮށް މަލާމަތްކުރުން ފަދަ ހިތްދަތި ކަންކަމާވެސް ކުރިމަތިލާން ޖެހުނެވެ.
View this post on Instagram
މަންޔާ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވާ ގޮތުން، އޭނާ ކިޔަވަނީ ދުވާލުގަޑީގައި ކަމަށާއި ތަށިތައް ދޮވެ ހަދަނީ ހަވީރު ގަޑީގައި ކަމަށެވެ. އެއަށްފަހު ރޭގަނޑު، ކޯލް ސެންޓަރެއްގައި ވަޒީފާ އަދާކުރިއެވެ.
“ކުރޮޅިއަށް ހޭދަކުރަން ޖެހޭ ފައިސާކޮޅުވެސް ހޭދަނުކޮށް ރައްކާކުރުމުގެ ބޭނުމުގައި، ތަންތަނަށް ދިއުމަށްޓަކައި އަހަރެން އެތަކެއް ގަޑިއިރު ފައިމަގުގައި އުޅުނިން.” އޭނާ ބުންޏެވެ.
“މިއަދު އަހަރެން ވީއެލްސީސީ މިސް އިންޑިއާ 2020 ސްޓޭޖްގައި މިހުރީ އަހަރެންގެ ބައްޕަ އާއި މަންމައާ އަހަރެންގެ ހަގަށް ހުންނަ ފިރިހެން ކޮއްކޮގެ ޝަރަފުގަ އެމީހުންގެ އަގު އުފުލައިދިނުމަށް. އަދި މިކަމުން އަހަރެން ދުނިޔެއަށް ދައްކަން ބޭނުންވޭ ‘ކޮންމެ ކަމަކީވެސް ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކުރެވިދާނެ ކަމެއްކަން.” އެވޯޑް ލިބުމުން މަންޔާ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ