ނޯޓީ 40ގެ ދެވަނަ ބައި 40 ޕްލަސްގެ ޝޫޓިން މި މަހުގެ 15 ހިސާބުގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.

ތ. ބުރުނީގައި މިހާރު ކުރިޔަށްދާ ޝޫޓިން އާއި ބެހޭގޮތުން އެ ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނީ ދެތިން މަންޒަރެއް ފިޔަވާ ހުރިހާ މަންޒަރެއް ނަގަން ހަމަޖެހިފައިވަނީ ބުރުނީގައި ކަމަށެވެ. އަދި އެ މަންޒަރުތައް ނަގާނީ މާލޭގައި ކަމަށެވެ.

ފޯޓީ ޕްލަސް ގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ (އާނަންދު)، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.

މީގެ އިތުރުން ފިލްމީދާއިރާ އަށް މުޅިން އާ ގިނަ ތަރިންތަކެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފޯޓީ ޕްލަސް ގައި ހަރަކާތްތެރިވާ އާ ތަރިން

މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރިޕްޓް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގައި ގިނަ ސްޓަންޓް މަންޒަރުތަކެއް ހިމެނޭއިރު އެ މަންޒަރުތައް ނަގަނީ އަލީ ސީޒަންގެ ބެލުމުގެ ދަށުން ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ފިލްމުގެ ޓެކްނިކަލް އާޓް ޑައިރެކްޓަރަކީ މަނިކު އެވެ. އަދި މޭކަޕް ކޮށްދީފައި ވަނީ ޝިޒޫ އެވެ.

ފިލްމުގެ ޕްރޮޑިސަރު ބުނީ ފޯޓީ ޕްލަސް ވެސް ނޯޓީ40 އަށް ދޫނުކުރާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.