ޔޫސުފް ޝަފީއު (ޔޫއްޕެ) ގެނެސްދިން ފިލްމު “ދެވަންސޫރަ” އިން ތައާރަފުވެ މިހާރު ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މަރްޔަމް ޝިފާ އާއި ކުރިއަރަމުން އަންނަ މޮޑެލް މުޙައްމަދު އިޝްފާންގެ ހިތްގައިމު ލޯބީގެ ލަވައެއް އިއްޔެ މިވަނީ ރިލީޒްކޮށްފައެވެ.

އާރޯބް ސްޓޫޑިއޯ އިން އުފައްދާފައިވާ “ލޯބިވާތީ”ގެ ނަމުގައި ނެރެފައިވާ މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމެވެ. ލަވައިގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ފަހުކޮޅު ނެރުނު ހިތްގައިމު ލަވަ “ގުނަމުން މިދާ” ވެސް ޑައިރެކްޓްކުރި އައްބެ ރައްޒާގެވެ.

މޮޑެލްއެއްގެ ގޮތުގައި ފުރަތަމަ ފެނިގެންދިޔަ އިޝްފާން އެކްޓިންއިން ފެނިގެން ދިޔައީ 2016ގައި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދިން މަގުބޫލު ވީޑިއޯ ލަވަ “ހީލީމާ” އިންނެވެ. ދެން އޭނާ ފެނިގެން ދިޔައީ “ހީލީމާ” ލަވައިގެ ދެވަނަ ބައެއްގެ ގޮތުގައި 2019ގައި ގެނެސްދިން “ހީލީމާ އަގެއިން” އިންނެވެ.

ޓިކްޓޮކްގައި ވެސް އިޝްފާން އާއި ޝިފާގެ ލަވަތައް ދޭތެރެއަކުން ފެނިގެން ދެއެވެ. މިހާރު ބައިސްކޯފުން ދައްކަމުން އަންނަ ޔޫއްޕެގެ އަލަތު ވެބް ސީރީޒް “ހުވާކޮށްފާ ބުނަން” ގައި ޝިފާ ދަައްކަމުން އަންނަނީ ވަރަށް ހުނަރުވެރި އެކްޓިންއެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.