“ކަމަކުނުދޭ” އުފެއްދި މަޝްހޫރު ‘ބީޓޮލީ ސްޓޫޑިއޯ’ އިން މިމަހު 14ގައި ނެރެފައިވައިވާ “ގިލަނުގަ” ލަވަ އަކީ ހަމަ ގައިމުވެސް ބީޓޮލޮޖީގެ އެންމެ ހިނގި އެއްލަވަ “ކަމަކުނުދޭ” ކަމުދިޔަ މީހުނަށް ވަރަށް ކަމުދާނެ ލަވައަކަށް ވާނެ ލަވައެކެވެ.

“ގިލަނުގަ” ލަވައިގެ ވީޑިއޯ ބީޓޮލޮޖީގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ރޭ އަށެއް ޖެހި އިރު ދޫކޮށްލުމާއެކު ގިނަ ބަޔަކު ވަނީ އެ ލަވަ ބަލާފައެވެ. އެގޮތުން މިހާތަނަށް 1،300 އަށް ވުރެން ގިނަ މީހުން އެ ލަވަ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެއްވެސް ގިލަންވެރިކަމެއްނެތި ވަރަށް ހަމަޖެހިލައިގެންް ހުރެ “ގިލަނުގަ” ލަވައިގެ މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ބީޓޮލޮޖީގެ އިސް މޭސްތިރި އިރުފާން ލަތީފް (ޓްރޯ) ބުނީ މިއީ ވެލަންޓައިންސް ޑޭ އަށް ޚާއްޞަކޮށްގެން އެމީހުން ނެރުނު ލަވައެއް ކަމަށެވެ.

“މީ އަހަރުމެން ވެލަންޓައިންސް ޑޭ އަށް ނެރުނު ލަވައެއް. ލަވަ ކިޔާފަ އިންނާނީ އިންޓެ (އާޒިމް). މީ އަސްލު އިންޓެ ލޯބީގެ ލަވައެއް ނެރެން ބޭނުންވީމަ ތަންކޮޅެއް ތަފާތު ފީލްއަކަށް ނެރުނު ލޯބީގެ ލަވައެއް.” ޓްރޯ ބުންޏެެވެ.

“ގިލަނުގަ” ލަވައިގެ މަސައްކަތްކޮށްފައިވާ އާޓިސްޓުންނަށް ބަލާލާއިރު، ލަވަ ކިޔާފައިވަނީ އިންޓެއާއި މަޖޫ އެވެ. ލަވައިގެ އޮރިޖިނަލް މިއުޒިކް، ރެކޯޑިން އަދި މިކްސިން ހެދީ ޓްރޯ އެވެ. ވީޑިއޯ އުފެއްދުމަށް ސްކްރީންޕްލޭ ލިޔުނީ އިންޓެ އެވެ. ލަވައިގެ އާޓް ޑައިރެކްޝަން ހެދީ އަސޭ އެވެ. ކެމެރާކުރީ ޓްރޯ އެވެ. ކޯ ޑައިރެކްޓަރުންގެ ގޮތުގައި ޓްރޯ، މައި އަދި ޖަންޓްސް ހަރަކާތްތެރިވިއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.